ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2022/84
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 10:04
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި އިންދާފައިވާ ގަސްތައް ބެލެހެއްޓުމާ ގުޅޭ

އެނގިވަޑައިގަންނާވާނޭ ފަދައިން ކުޅުދުއްފުށި ސިޓީއަކީ ފެހި ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ ގޮތުން މިކައުންސިލާއި އެކި މުއައްސަސާތައް އަދި އަމިއްލަ ފަރުދުން އަންނަނީ މަގުތައް އަދި އާންމު ސަރަހައްދުތަކުގައި ގަސް އިންދުމަށް ހާއްސަ ކުރުފެވިފައިވާ ތަންތަނުގައި މިކައުންސިލްގެ ހުއްދައާއެކު ގަސް އިންދަމުންނެވެ. މިގޮތަށް އިންދާ ގަސްތަކަށް ބައެއް ފަރާތްތަކުން ގެއްލުންދޭކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިކަމުގެ ޝަކުވާވެސް މިކައުންސިލަށް ތަކުރާތުކޮށް ހުށައެޅެއެވެ. މިގޮތުން މަގުތަކުގައި އިންދާފައިވާ ގަސްތައް އެކަށީގެންނުވާ ވަރަށް ކޮށުމާއި އޮފި ބުރިކޮށް ގަސް ހެދި ބޮޑުވުމަށް ހުރަސް އެޅުންވެސް މިފަދަ ޢަމަލުތަކުގެ ތެރޭގައި ހިމޭނޭކަން ނުހަނު ހިތާމައާއެކު ފާހަގަ ކުރަމެވެ.

              އެހެންކަމުން މަގުތަކުގައި އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި ގަސްއިންދުމަށް ނަގަންޖެހޭ ހުއްދަ ނަގައިގެން އިންދާ ގަސްތަކަށް ގެއްލުންދޭ ފަރާތްތަކުގެ މައްސަލަ ކުރިއަށް އޮތްތަނުގައި ބަލައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަގުތަކުގައި ހާއްސަ ކުރެވިފައިވާ ތަންތަނުގައި އިންދާފައިވާ ގަހެއް ކޮށަން ބޭނުންވެއްޖެނަމަ އެކަން ކުރުމުގެ ކުރިން މިކައުންސިލްގެ ހުއްދަ ނެންގެވުމަށް މި ފުރުޞަތުގައި ނަސޭހަތްތެރިވަމެވެ.

              މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމަވެ.  

04 ޖޫން 2022