ކުއްޔަށް ދިނުން
ނަންބަރު: (IUL)468-U01/468/2022/146
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:57
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު މިސްކިތްމަގު ލަކީސްޓަރ ގޯއްޗާއި އިންވެގެން އޮތް 975 އަކަފޫޓުގެ ބިމާއި އެ ބިމުގައި ކޮށްފައިވާ އިމާރާތް ކުއްޔަށް ދިނުމާއި ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކު މިސްކިތްމަގު ލަކީސްޓަރ ގޯއްޗާއި އިންވެގެން އޮތް 975 އަކަފޫޓުގެ ބިމާއި އެ ބިމުގައި ކޮށްފައިވާ އިމާރާތް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 01 ޖޫން 2022 އިން 09 ޖޫން 2022 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، [email protected] އިޢުލާން ނަންބަރާއި، ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލް (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ މިކަމާއި ގުޅިގެން 09 ޖޫން 2022 ގެ 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

31 މޭ 2022