ބީލަން
ނަންބަރު: (IUL)341-FCA/341/2022/28
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 21:38
ސުންގަޑި: 14 ޖޫން 2022 10:30
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
 އއ. އުކުޅަހު ކައުންސިލް އިދާރާއަށް އަށް ބޭނުންވާ 100 (ސަތޭކަ) ގާރޑަން ލައިޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

   އއ. އުކުޅަހު ކައުންސިލް އިދާރާއަށް އަށް 100 (ސަތޭކަ) ގާރޑަން ލައިޓް ބޭނުންވެއްޖެއެވެ.

           މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު ގެޒެޓްކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 13 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

           މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން މި އިދާރާއަށް ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ 14 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ޖޫން 2022