މަސައްކަތް
ނަންބަރު: (IUL)101-HR/1/2022/130
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 16:10
ސުންގަޑި:
16 ޖޫން 2022 10:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލ.ގަމުގައި ޤާއިމްކުރާ ޖޮބް ސެންޓަރު ރިފާބިޝް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
މަސައްކަތުގެ ނަން: ލ.ގަމުގައި ޤާއިމްކުރާ ޖޮބް ސެންޓަރު ރިފާބިޝް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
އާރު.އެފް.ކިއު ނަންބަރު: RFQ #: MV-MOED-294262-CW-RFQ
ޕްރޮޖެކްޓް: މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް
- ވޯލްޑް ބޭންކުގެ އެހީގައި މިމިނިސްޓްރީން ހިންގާ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް" ޕްރޮޖެކްޓްގެ ދަށުން، މިއިޢުލާނާ އެއްކަރުދާސްކުރެވިފައިވާ ރިކުއެސްޓް ފޯ ކޯޓޭޝަން (އާރު.އެފް.ކިއު) ގައި ބަޔާންކުރާ ލ.މަގު ޖޮބް ސެންޓަރު ރިފާބިޝް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރިކުއެސްޓް ފޯ ކޯޓޭޝަން (އާރު.އެފް.ކިއު) އާއި އެއްގޮތަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން، މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތްކުރުމަށް ޝަރުތު ފުރިހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް އެފަރާތުން 2020 ނޮވެމްބަރުގައި ޝާޢިއު ކުރެވިފައިވާ ޕްރޮކިޔުމަން ރެގިއުލޭޝަންގެ 4 ވަނަ އެޑިޝަން އާއި އެއްގޮތަށެވެ.
- ޕްރޮޖެކްޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 0830 އިން 1600 އަށް ލިބިވަޑައިގަންނަވާނެވެ.
- މިކަމާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ރިކުއެސްޓް ފޯ ކޯޓޭޝަން (އާރު.އެފް.ކިއު) މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް ޑިރެކްޓަރ އަލްފާޟިލް ޠާސީން ޙިލްމީ އަށް އެޑްރެސްކޮށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
- ކޮންޓްރެކްޓުގައި ސޮއި ކުރާތާ އެންމެ ލަސްވެގެން 60 ދުވަހުގެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަންވާނެއެވެ.
- ބިޑިންގ ޑޮކިއުމަންޓާއި، އެއާއި ގުޅުންހުރި އެހެނިހެން ލިޔުންތައް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ. ބިޑާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ބަލާ ޗެކު ކުރުމަކީ ބިޑަށް ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމުގައި ދަންނަވަމެވެ.
- ބީލަންހުޅުވުން އޮންނާނީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ ކޮންފަރެންސް ހޯލުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މައުލޫމާތު އަދި ބިޑު ހުށަހަޅަންވީ އެޑްރެސް ތިރީގައި އެވަނީއެވެ.
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
ވެލާނާގެ 11ވަނަ ފަންގިފިލާ
އަމީރު އަހުމަދު މަގު
މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3323668
އީމެއިލް: [email protected]
02 ޖޫން 2022