ދިވެހިރާއްޖެ
ސެކިއުރިޓީ ގާރޑް
ބޭނުންވާ އަދަދު: 02
މުސާރަ: މުސާރައާއި އިނާޔަތްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.
މަޤާމުގެ ޝަރުޠު:
- ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން
- އުމުރުން 25 އަހަރާއި 45 އަހަރާއި ދެމެދު މީހެއް ކަމުގައިވުން
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- އެކަނި މަސައްކަތް ކުރެވޭފަދަ މީހެއްކަމުގައިވުން.
- މަޤާމުގައި ކުރަންޖެހޭ މަސައްކަތައް ކުރެވޭވަރުގެ ސިއްހަތެއް ލިބިފފައިވާ މީހަކު ކަމުގައިވުން.
- ގިނަވަގުތުގައި މަސައްކަތްކުރެވޭ މީހެއް ކަމުގައިވުން.
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- ގަމުގެ އެންމެހައި ސަރަހައްދާއި އިމާރާއްތަކާއި ވެހިކަލްތަކާއި ގަސްގަހާގެހި އެހެނިހެންވެސް ތަކެއްޗަށް ބަޔަކު ގެއްލުމެއް ދީފާނެކަމަށް ބަލައި ފަރުވާތެރިވެހުރުން.
- އެއްވެސް މުދަލެއް ވަގަށް ގެންދިއުން ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފާނެކަމަށް ފެނިއްޖެނަމަ އިސްފަރާތްތަކަށް އެންގުން.
- އެޑްމިން އޮފީހުގެ ދިދަ ނެގުމާ ދިދަ ބޭލުން.
- ރަށުތެރެ ޕެޓްރޯލް ކުރުން (ޕެޓްރޯލް ކުރަން ހަމަޖެހިފައިވާ އުސޫލުން ގަޑިއަކު އެއްފަހަރު ޕެޓްރޯލް ކުރުމަށްފަހު ޑިއުޓީ ސަރަހައްދަށް އެނބުރި ދިއުން).
- ބަލަހައްޓާ އިމާރާތާއި ގޯތި ތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުޞޫލުން ދިއްލައި ނިއްވުން.
- ތަނުގައި ދިމާވާ މައްސަލަތައް ޤަވާއިދުން ހިނދުން ހިނދަށް، ކަމާބެހޭ ވެރިންނަށް ރިޕޯޓްކުރުން.
- ސަލާމްބުނާ މުވައްޒަފުންނާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
- ޗެކް ޕޯސްޓް ތަކުގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން (ކަނޑައެޅިފައިވާ ގޮތަށް ސެކިއުރިޓީ ބެރިއާރ ހިއްލާތިރިކުރުން).
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުއްވާ ފަރާތްތަކުން ހުރިހާ ލިޔުންތައް ޕިޑީއޭފް ފޯމެޓަށް އެއްފައިލްއަކަށް ހެދުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.)
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.އަދި ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.