ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-B/30/2014/44
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 15 އޮކްޓޫބަރު 2014 15:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ރަސްއައިނުގެ 28 ވަނަ އަދަދުގައި ޝާއިޢުކުރުމަށް، މަޒުމޫން، ލިޔުން، ޅެން ހުށަހެޅުމަށް ހުޅުވާލުން

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރަސްއައިނުގެ 28 ވަނަ އަދަދު ނެރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިމަޖައްލާގައި މަސްވެރިކަމުގެ ސިނާޢަތާ ގުޅުންހުރި މަޒުމޫނު، ލިޔުން އަދި ޅެން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ހުށަހަޅާ ލިޔުންތައް 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ރަސްއައިނުގެ އެޑިޓަރަށް އެޑްރެސްކޮށް މިމިނިސްޓްރީއަށް ފޮނުވުމަށް ދަންނަވަމެވެ.

މިގޮތުން ރަސްއައިންގައި ހިމެނުމަށް މިމިނިސްޓްރީއަށް ހުށަހަޅާ މަޒުމޫނު، ލިޔުން އަދި ޅެންތަކުގެ ތެރެއިން ރަސްއައިނުގައި ޝާއިޢުކުރެވޭނީ އެޑިޓޯރިއަލްބޯޑުގެ ފަރާތުން ޝާއިޢުކުރުމަށް ކަނޑައަޅާ ލިޔުންތަކެވެ. މިގޮތުން މަޒުމޫނު، ލިޔުން އަދި ޅެން ފޮނުއްވާއިރު ލިޔުމުގައި ހިމަނަން އެދޭ ފޮޓޯ އަދި ލިޔުމުގެ ސޮފްޓްކޮޕީ ރަސްއައިންގެ އެޑިޓަރަށް އެޑްރެސްކުރައްވައި [email protected] އަށް މެއިލް ފޮނުވުމަށް ދަންނަވަމެވެ. ލިޔުން ފޮނުވާއިރު ލިޔުންތެރިޔާގެ މަޢުލޫމާތު އެނގޭނޭހެން ފޮނުވައިދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މިމިނިސްޓްރީގެ ނަންބަރު 3339289/ 3339213 އިން އެޚިދުމަތް ލިބޭނެ ކަމުގައި ދެންނެވީމެވެ.

 

15 ސެޕްޓެންބަރު 2014