ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2022/34
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:50
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް" ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމާގުޅޭ

"ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް" ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމާގުޅޭ

 

                  ކުމުންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް" ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކުމުންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 49 ވަނަ އާއްމު ބައްދަލަވުމުން ނިއްމާފައެވެ. މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 15 އޮކްޓޫބަރު 2022 އެވެ. މުބާރާތުގެ ހިންގާ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުގެ ފުރުޞަތު އިޢުލާނު ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.      

                    02  ޛުލްޤަޢިދާ   1443ހ

                     02  ޖޫން      2022މ

02 ޖޫން 2022