ދިވެހިރާއްޖެ
އިޢުލާން
މި ކައުންސިލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރ: 7/2022//1/CS- 219(IUL) (24 މެއި 2022) ޢިއުލާނާއި ގުޅިގެން، އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެތަކެތި ނީލަން ކިޔުމަށް އަލުން އިޢުލާނު ކުރީމެވެ.
ވީމާ، މިތަކެތި ބަލަން އެދޭ ފަރާތްތަކުން 2022 ޖޫން 12 ވަނަ ދުވަހުގެ 10:00 އަށް މިކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި 2022 ޖޫން 13 ވަނަ ދުވަހުގެ 10:00 އަށް ނީލަމުގައި ބައިވެރިވުމަށް މި ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަންކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގައެވެ.
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995 ނަންބަރު ފޯނުން ލިބޭނެއެވެ.
02 ذُوالْقَعْدَة 1443
02 ޖޫން 2022