ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2022/76
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 07 ޖޫން 2022 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭނަށް ޚިޔާލު ހޯދުމާއި ގުޅޭ

އިޢުލާން

ލޭންޑް ޔޫސް ޕްލޭންއަށް ޚިޔާލު ހޯދުމާއި ގުޅޭ

            މި ކައުންސިލްގެ ފަރާތުން "އެކްސެން ޕާރޓްނާރސް" އާއި ޙަވާލުކޮށްގެން ކުރިޔަށް ގެންދާ ހިންމަފުށީގެ ލޭންޑްޔޫސްޕްލޭން ފައިނަލް ކޮށް އެޕްރޫވް ކުރުމުގެ ކުރިން ކ.ހިންމަފުށީ ރައްޔިތުންގެ ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

            ވީމާ މިއިޢުލާނާއި އެޓޭޗް ކުރެވިފައި މިވާ "ޕްރޮޕޯސްޓް ލޭންޑް ޔޫސް ޕްލޭން" އަށް އެއްވެސް އިތުރު ޚިޔާލެއް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 07 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ނުވަތަ އިދާރާއަށް ދުރުވެ ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

            އަދި މިގޮތަށް ލިޔުމުން ހުށަހަޅާ ލިޔުން އިދާރާއަށް ބަލައިގަންނާނީ ސަރުކާރު ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑީގައެވެ. ޚިޔާލު ހުށަހަޅުއްވާއިރު ބިން ތަކުގެ ނަމާއި ތަފްޞީލް ވަކިވަކީން ލިޔުންތަކުގައި ފާހަގަ ކުރެއްވުމަށްވެސް ދަންނަވަމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖޫން 2022