މުބާރާތް
ނަންބަރު: (IUL)160-AS/1/2022/42
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 08:41
ސުންގަޑި: 15 ޖޫން 2022 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ތުރުކީ ވިލާތުގައި އޮންނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

ތުރުކީ ވިލާތުގައި އޮންނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމާބެހޭ

2022 ވަނަ އަހަރު ތުރުކީ ވިލާތުގައި ސެޕްޓެމްބަރ 29 އިން އޮކްޓޯބަރ 10އަކަށް ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވެވޭނީ 1 ބައިވެރިއެކެވެ.

ދައުވަތު ލިބިފައިވާ ކެޓަގަރީތައް

1-   މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުން.

2-   ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވަން އެނގުން.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު

  1. އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނަކު ކަމުގައިވުން.
  2. އިންޓަރނޭޝަނަލް މުބާރާތެއްގައި މީގެ ކުރިން ބައިވެރިވެ 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
  3. ތުރުކީގެ ބައިނަލް އަޤްވާމީ މުބާރާތެއްގައި މީގެކުރިން ބައިވެރިވެފައި ނުވުން.
  4. އިސްލާމީ ދުނިޔޭގައި މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.
  5. ދިވެހިރައްޔިތެއް ކަމުގައިވުން.

 

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް 2022 ޖޫން 15  ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިކުރާނެ ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ.

02 ޖޫން 2022