ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2014/374
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 23 ސެޕްޓެންބަރު 2014 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ

އިޢުލާން ނަންބަރު 2014/337/ADM -60 ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް ކެނޑިޑޭޓުން ލިބިފައިނުވާތީ މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

މަޤާމު: އޮފިސަރ

އަދަދު: 01

އަސާސީ މުސާރަ: -/4350ރ

މަސައްކަތް ކުރަންޖެހޭ ތަން: ތިލަފުށި ޑިސްޓްރިބިއުޝަން ސެންޓަރ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1800ރ އާއި 2700ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން   

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

- ދުވަހުން ދުވަހަށް ހިނގާ މަސައްކަތްތައް އަދި ލޭބަރުންގެ މަސައްކަތް ސުޕަވައިޒް ކުރުން

- ޑެލިވަރީ ކަންތައް މޮނީޓަރކޮށް އަދި އިންވެންޓްރީ ބެލެހެއްޓުން

- އިދާރީ މަސައްކަތްތައް ކުރުން

ތަޢުލީމީ ތަޖުރިބާ:

* ޖީ.ސީ.އީ އޯލެވެލްގެ 2 މާއްދާ އަަދި އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހިން "ސ" ފާހަށްވުރެ މަތީން ފާސްވެފައިވުން

* މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން

* މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މީހަކުކަމުގައިވުން

* މަޤާމުގެ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2014 (އަންގާރަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/ :އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261 ފެކްސް: 3344041  ވެބްސައިޓް: www.stomaldives.com

16 ސެޕްޓެންބަރު 2014