މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2022/69
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 18:30
ސުންގަޑި: 12 ޖޫން 2022 11:30
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލެޑް ޑިސްޕްލޭ ވޯލް ބޭނުންކޮށްގެން ވީޑިއޯ އަދި ޕުރެޒެންޓޭޝަން ޑިސްޕްލޭ ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުން

މި އިޢުލާންވަނީ 02 ޖޫން 2022 17:25 ގައި ބާތިލް ކުރެވިފައެވެ.


އއ. އުކުޅަހުގައި ހުންނަ ކޮންވެންޝަން ސެންޓަރގައި މިއޮފީހުންބާއްވާ އިވެންޓަކަށް 2 ލެޑް ޑިސްޕްލޭ ވޯލް ބޭނުންކޮށްގެން ވީޑިއޯ އަދި ޕުރެޒެންޓޭޝަން ޑިސްޕުލޭ ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.

މި ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި މައުލޫމާތު ތިރީގައި މިވާ މި އޮފީހުގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2022   ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2022 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:30 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

01 ޖޫން 2022