ދެންނެވުން
ނަންބަރު: 2022/14
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 17:25
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2022 އާންމުކުރުން

ސިވިލް ސަރވިސްގެ ޖޮބް މެޓްރިކްސްތަކުގެ ތެރެއިން މިހާރު އަމަލުކުރަންފަށާފައިވާ ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަގާމުތަކަށް މީހުން ނެގުމަށްޓަކައި "ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2022" އެކުލަވާލައި މި ސަރކިއުލަރއާއެކު އާންމުކުރަމެވެ.  

މި އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު 2021 އޮކްޓޯބަރ 05 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އަންނަ "ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު" އަށް އަމަލުކުރުން ހުއްޓާލެވޭނެކަމުގައި ދަންނަވަމެވެ.

"ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2022" އާ އުޞޫލާގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ ކަމުގައިވެސް ދެންނެވީމެވެ.

https://www.csc.gov.mv/Policy/Index/74

01 ޖޫން 2022