ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް 6 ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)468-U01/468/2022/25 އިޢުލާނާއި ގުޅިގެން ލިބިފައިވާ ބިޑްތަކުގެ ސްޕެސިފިކޭޝަން އިޢުލާން ކޮށްފައިވާ ސްޕެސިފިކޭޝަން އާއި ދިމާ ނުވާތީ، މި އިޢުލާން ބާޠިލް ކުރުމަށްފަހު މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް
- 6 ލެޕްޓޮޕް
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 01 ޖޫން 2022 އިން 09 ޖޫން 2022 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 14 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.