ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2022/49
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 08 ޖޫން 2022 14:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 މާލެ، ދިވެހިރާއްޖެ

                                        އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2022/49

ވަޒީފާގެ ފުރުޞަތު

 

 މަޤާމުގެ ނަން: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް   އޮފިސަރ

މުސާރަ (މަހަކު) : -/6,809 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/2,383 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް:-/2,043 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން   އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް   ހަމަޖެހިފައިވާ  އުސޫލުގެ ދަށުން

 ޑިޕާރޓްމަންޓް / ސެކްޝަން: އެޑްމިން ޔުނިޓް

 ބޭނުންވާ އަދަދު: 1

  1.  ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 ނުވަތަ

 ށ. ޖީ.ސީ.އީ.އޭ ލެވެލް / މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  •  ޖީ.ސީ.އީ.އޭ ލެވެލްގެ އިނގިރޭސި އަދި ދިވެހި ހިމެނޭހެން 3 މާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 2.މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 ހ.ކޯޕަރޭޝަނުން ކުރިއަށް ގެންދާ އެކިއެކި ޚަރަކާތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަން ކުރުން.

 ށ. މި ކޯޕަރޭޝަނުން އެކި ފަރާތްތަކާއެކު ވެވޭ އެގްރީމަންޓްތަކުގެ ލިސްޓެއް އެކުލަވާލައި ރިކޯޑްސް ބަލަހައްޓަމުން ގެންދިއުން

 ނ. ކޯޕަރޭޝަނުން ރަޖިސްޓްރީ ކުރަންޖެހޭ ލޯގޯ، ޓްރޭޑްމާކް އަދި ލައިސަންސް ފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ އެންމެހާ   މަސައްކަތްކުރުން.

 ރ. އޮފީސް ހުޅުވާ/ލެއްޕުމުގެ ޑިއުޓީ ޝެޑިއުލް ގަވާއިދުން ހެދުމާއި މި މަސައްކަތް ސުޕަވައިޒަރގެ ލަފާގެ ދަށުން ބެލެހެއްޓުން.

 ބ. ކޯޕަރޭޝަނުގެ މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމުގެ އެންމެހާ ކަންތައްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށް   ގެންދިއުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

 ޅ. ކޯޕަރޭޝަނުގެ އިލްކްޓްރޯނިކް އަދި މެނުއަލް ފައިލިންސިސްޓަމް ތައްޔާރުކޮށް ބެލެހެއްޓުން.

 ކ. ސެކްޝަންގެ ސިޓީ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

 އ. ކޯޕަރޭޝަނުން ދަތުރު ތަކަށް ބޭނުންވާ ވިސާ ނެގުމާއި  ދަތުރު ތަކަށް ބޭނުންވާ އެހެނިހެން މަސައްކަތް ކުރުން.

 ވ. ކޯޕަރޭޝަންގެ ސްޓޮކް / އެސެޓް ރަޖިސްޓްރީ ބެލެހެއްޓުން

 މ.ކޯޕަރޭޝަންގެ މެމްބަރސިޕްގެ އެއްމެހާ މަސައްކަތްތައްކުރުނުން

 ފ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަނުން އަންގާ އެންމެހައި   ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

 3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

 08 ޖޫން 2022 ވަނަ ވާ ބުދަ ދުވަހުގެ 1400 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 4. ހުށައަޅަންޖެހޭ ލިޔުންތައް:

 ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

 ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ   ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

 ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ

 ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ   ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

 ކ. މުއްދަތު ހަމަނުވާ ޕޮލިސް

 5. އިތުރު މަޢުލޫމާތު:

 ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

 ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

 ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން   އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

 ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ   (https://corporate.visitmaldives.com/downloads//) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ   ގޮތުގައެވެ.

 ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6. އެޑްރެސް ކުރައްވާނީ:

 ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

01 ޖޫން 2022