ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAA/248/2022/47
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2022
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 09 ޖޫން 2022 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދަރާއަށް ޕިކަޕް ޑްރައިވަރަކު ބޭނުންވެއްޖެއެވެ.

މިއިދާރާގެ މުނިސިޕަލް ސަރވިސަސް ޔުނިޓަށް ޕިކަޕް ޑްރައިވަރަކު ބޭނުންވެއްޖެއެވެ.

މަޤާމް

ޑްރައިވަރު (ވަގުތީ)

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް (01 އަހަރު ދުވަހަށް)

މަޤާމުގެ ރޭންކް:

 އެސް. އެސް 2

މަޤާމުގެ

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

މުސާރައާއި އެލަވަންސް

މިވަޒީފާގެ މުސާރައަކީ މީލާދީ މަހަކަށް -/7000 (ހަތްހާސް) ރުފިޔާއެވެ. އެއީ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 233.333 ރުފިޔާއެވެ. ރިސްކް އެލަވަންސްގެ ގޮތުގައި މަހަކަށް -/1000 (އެއްހާސް) ރުފިޔާއެވެ. އެއީ މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް 33.333 ރުފިޔާއެވެ.

މުސާރާއާއި އެލަވަންސް އިން އުނިކުރެވޭގޮތް

މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 266.67 ރުފިޔާއެވެ.

މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި

ރަމަޟާން މަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 ން 11:00 އަށް. އަދި މެންދުރުފަހު 14:00 ން 18:00 އަށް. 

ހަފުތާއަކު 6 ދުވަހު، ދުވާލަކު 07 ގަޑިއިރު.

 ހުކުރު ދުވަހު 3 ގަޑިއިރު.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ޕިކަޕް ބޭނުންކުރުމުގައި ފަންނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ސަމާލުވެ އެކަންކަން ކުރުމާ، ޕިކަޕަށް ލިބޭ ކުދި ގެއްލުންތަކާއި، ބޮޑެތި ގެއްލުންތައް ވަގުތުން ކައުންސިލްގެ އިދާރާއަށް އެންގުމާއި އެފަދަ އެއްވެސް ގެއްލުމެއް ކައުންސިލްގެ އިދާރާއަށް ނުއެނގި މަރާމާތުކޮށް ނުހެދުން.
  4. ޑްރައިވަރުގެ އިހްމާލެއްގެ ސަބަބުން ޕިކަޕަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމާޖާމިނު ވުމާއެކު ކައުންސިލްގެ އިދާރާއިން އަންގައި ގޮތެއްގެ މަތިން އެކަން ހައްލުކޮށްދިނުން.
  5. ޕިކަޕް ރަނގަޅަށް ދޮވެ ސާފުކޮށް ބެލެހެއްޓުމާއި ޕިކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ގަރާޖް ސާފްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.   
  6. ޕިކަޕްގައި ކުނިކޮށްޓަށް ކުނިގެންދިޔުމާއި، ޕިކަޕުން ކުނި ހުސްކުރުމާއި، އަދި ކުނިކޮށީގައި  މަސައްކަތް  ކުރާއިރު، އެ މަސައްކަތްކުރާ މުއައްޒަފުންގެ މަސައްކަތް ދެނެގަނެ ސްޕަވައިޒަރަށް ރިޕޯޓްކުރުމާއި އަމަލީގޮތުން އެ މަސައްކަތުގައި ބައިވެރިވެ މަސައްކަތްކުރުން.
  7. ޕިކަޕަށް ބޭނުންވާ ތަކެތި ދުރާލައި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އުޞޫލީ ހަމަތަކާއި އެއްގޮތަށް ކުރުމާ އެފަދަ ތަކެތި ހޯދުމުގައި ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  8. ކުނިކޮށްޓަށް ބޭނުންވާ ތަކެތި ހޯދުމާއި އެ ތަކެތި ބެލެހެއްޓުމުގެ މަސައްކަތް، ސްޕަވައިޒަރުގެ އިރުޝާދާއި އެއްގޮތަށް ކުރުން.
  9. ކުނިވާޒާތުގެ ތަކެއްޗާއި އަދި ކުނި އުކުމަށް ދޭންޖެހޭ ސަމާލުކަންދީ ކުނި ނެގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ދުވަހަށްކޮށް ނިންމުން.
  10. ޕިކަޕްގައި ކުރާ ދަތުރުތައް ނޯޓްކުރުމާ ކުނީގެ ޚިދުމަތް ހޯދުމަށް ކައުންސިލްގެ އިދާރާގައި ރަޖިސްޓަރީ ކޮށްފައިވާ ގެތަކުގެ ހާޟިރީ ބެލެހެއްޓުމާ އެއިން އެއްވެސް ގެއަކުން އެއްވެސް ސަބަބެއް މެދުވެރިވެގެން ކުނި ނުނަގާނަމަ ވަގުތުން އެކަން ސަބަބާއެކު ސްޕަވައިޒަރަށް އެންގުން.
  11. ކައުންސިލް އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތަކާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ބައިވެރިވެ އެހީތެރިކަމާ އެއްބާރުލުން ދިނުން.
  12. ކައުންސިލުން ކުރިއަށް ގެންދާ އާއްމު އަދި ޚާއްޞަ މަސައްކަތްތަކާއި، ރަށުގެ ރައްޔިތުންގެ ފެންވަރުގައި އިޖުތިމާޢީ ގޮތުން ކުރާ ކަންކަމުގައި ބައިވެރިވެ ޢަމަލީ ގޮތުން މަސައްކަތް ކުރުން.  
  13. ކައުންސިލްގެ އިދާރާއިން ރާވާ ކުރިއަށް ގެންދާ ތަފާތު އިވެންޓުތަކާއި ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދިނުން.
  14. ޤައުމީ، އަތޮޅު، ރަށުފެންވަރުގައި ފާހަގަކުރާ މުނާސަބަތުތަކާއި، މުބާރާތްތަކާއި، އަދި އެހެނިހެން ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެހީތެރިކަމާ އެއްބާރުލުން ދިނުމާއި އެފަދަ ކަންކަމާއި ގުޅޭގޮތުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  15. ވެށިފާރަވެރި ވުމުގައި ބަލަންޖެހޭ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ޤަވާޢިދާއި ޚިލާފަށް ކަންކަން ކުރާ ފަރާތްތަކަށް ޞުލްޙަވެރިކަމާއެކު ރީތި ބަހުން ވާހަކަ ދައްކައި ނަޞޭޙަތްތެރިވުމާ އަދި އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއެކު އެ ފަރާތްތަކުގެ މަޢުލޫމާތުތައް ސްޕަވައިޒަރަށް ރިޕޯޓް ކުރުން.
  16. ރަށުގެ ރައްޔިތުންނަށް ބަހަންޖެހޭ ތަކެތި ބެހުމާއި ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމާއި އުކާލަންޖެހޭ ތަކެތި އުކާލުމާ ރަށުގެ ބަނދަރު ސަރަޙައްދުގައި ހުންނަ ކުންޏާއި، އިޖްތިމާޢީ ސަރަޙައްދު ތަކުގައި ކައުންސިލުން ބަހައްޓާފައިހުންނަ ޑަސްބިންތަކަށް އަޅާފައިހުންނަ ކުނި އުކާލުމުގެ މަސައްކަތް ކުރުން.
  17. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަހަށް ކުރަންޖެހޭ ކަންކަން ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެ އެކަންކަން ކުރުން.

މަޤާމުގެ ޝަރުތުތައް

  1. ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނާއި ޤަވާޢިދާއި އިޖްރާއީ އުޞޫލު ތަކުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއި،
  2. އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެ ތެރެއިން ކެޓަގަރީ C1 އިން މަތީގެ ލައިސަންސް ލިބިފައިވުމާއި،
  3. އަސާސީ ފެންވަރަށް ލިޔަންކިޔަން އެންގުމާއި،
  4. މަސައްކަތް ކުރުމުގައި ކެރޭ ހީވާގި މީހެއް ކަމުގައިވުން، ނުވަތަ މަސައްކަތުގެ ތަޖްރިބާ ހުރުން.   

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ މި އިދާރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މާކުސްލިބޭނެ ދާއިރާ އަދި ބައިތައް

މާކުސްގެ ޖުމުލަ

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖޫން 2022  ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން 10 މީހުންނަށްވުރެ އިތުރުވެއްޖެ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 12 ޖޫން 2022އާއި
16 ޖޫން 2022 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މި އިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

31 މޭ 2022