ވަޒީފާގެ ފުރުޞަތު
ނަންބަރު: 145-A/2022/40
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 10:45
ސުންގަޑި: 13 ޖޫން 2022 13:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މަޤާމް :ލީގަލް އޮފިސަރ
ބޭނުންވާ އަދަދު :1

ރޭންކް

JS12-2

މަސައްކަތްކުރަންޖެހޭތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/9,412 ރުފިޔާ (ނުވަހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/3,000 (ތިންހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް -/2,700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %55
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު

1-      ޝަރީޢަތާ ޤާނޫނު, ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުޠު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

1-      ކޯޓަށް ހުށަހެޅޭ މައްސަލަތާކާއި، ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އިންތިޒާމްތައް ހަމަޖައްސާ އެމަސައްކަތް ކުރިއަށް ގެންދިއުމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.

2-      ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، ކޯޓުންބެލޭނެ މައްސަލަތަކާއި ނުބެލޭނެ މައްސަލަތައް ފާހަގަކުރުމާއި، ބަލައި ނުގަތުމަށް ނިންމާ މައްސަލަތައް ސަބަބު ބަޔާންކޮށް ނިންމުން ތައްޔާރުކޮށް، މައްސަލަ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމާއި، ކޯޓަށް ބަލައިގަނެވޭ މައްސަލަތައް ޤާޟީންނަށް ޙަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ރެޖިސްޓްރަރއަށް އެހީތެރިވެދިނުން.

3-      ޝަރީޢަތްކުރާ ސެކްޝަންތަކުން ހިންގާ މައްސަލަތައް ތާވަލުކޮށް، ދުވަހު ތާވަލު ވެބަސައިޓްގައި އާންމުކޮށް ފެންނަން ހުނަނާނެގޮތަށް ކަންތައްތައް އިންތިޒާމްކޮށް ހިންގާ ބެލެހެއްޓުމުގައި ރަޖިސްޓްރަރއަށް އެހީތެރިވެދިނުން.

4-      ކޯޓުގެ ޤަވާޢިދުތަކާއި ޕޮލިސީތައް ދިރާސާކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ އެންމެހާ ކަންކަންކުރުމުގައި ރަޖިސްޓްރަރއަށް އެހީތެރިވެދިނުން.

5-       ކޯޓުން ހަދާ ޤަވާޢިދުތަކާއި އުޞޫލުތައް ޑްރާފްޓުކޮށް އެކުލަވާލުމުގެ މަސައްކަތްކުރުން.

ތަޢުލީމީ ދާއިރާ

ޝަރީޢާ / ޤާނޫނު

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1-      ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު

2-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-      ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓްގެ ކޮޕީ އާއިއެކު

5-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއި އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯރޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

6-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

7-      ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

8-      ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް

9-      ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.

10-  ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.

ސުންގަޑި

 2022 ޖޫން 13 ވަނަ ދުވަހުގެ 13:00ގެ ކުރިން   [email protected]    އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތައް، މަޤާމުގެ އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަނާބެހޭ މަޢުލޫމާތު ޝޯޓްލިސްޓުވާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.
  • މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތައް، މަޤާމުގެ އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަނާބެހޭ މަޢުލޫމާތު ޝޯޓްލިސްޓުވާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.
  • ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • މަޤާމަށް މީހުން ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހުންނަށް އިސްކަން ދެވޭނެއެވެ.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޤާނޫނުލް އުޤޫބާތާއި، ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި، ޝަރުޢީދާއިރާގައި ހެދިފައި ހުންނަ ޤަވާޢިދުތަކާއި އުޞޫލުތަކަށް އަހުލުވެރި ފަރާތަކަށްވުން. 
  • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
  • ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

 

މިއިޢުލާނާއި އެކު މިކޯޓުގެ ނަންބަރު 145-A/2022/20 (10 މާރޗް 2022) އިޢުލާން ބާޠިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

01 ޖޫން 2022