ޢާންމު މަޢުލޫމާތު
ނަންބަރު: IUL)320-ADHR/320/2022/61)
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިހާދޫ ޓިވެކް ސެންޓަރގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ބެހޭ

 

                                                      

ބ.ކިހާދޫގައި ޤާއިމް ކުރެވިފައިވާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ސެންޓަރ (ޓިވެކް)  އަކީ ޒަމާނީ ވަޞީލަތްތަކާއެކު ވޮކޭޝަނަލް ތަމްރީނު ފޯރުކޮށްދިނުމާއި، އަދި މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމަށް 2017 އިން ފެށިގެން ހިންގަމުންގެންދާ މަރުކަޒެކެވެ. މި މަރުކަޒުކަޒުގައި ދަރިވަރުން ތިބުމަށް ޚާއްޞަ ދަނާލެއް އެޅި އަދި ކެއިންބުއިމުގެ ކަންކަން ހަމަޖެހިފައިވާނެއެވެ. މީގެ ބޭނުމަކީ ދަރިވަރުންނަށް މަސައްކަތްތެރިކަމުގެ ރަސްމީ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މުސްތަގުބަލުގައި ވަޒީފާއަށް ބޭނުންވާ އެހެނިހެން ހުނަރުތައް (ސޮފްޓް ސްކިލްސް) ވެސް ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދިނުމެވެ. ޓިވެކްގެ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ކޯސްތަކެކެވެ. އަދި ދަރިވަރުންގެ ކޯސްފީއާއި،ހުރުމާއި، ކެއުމަކީ ސްޕޮންސަރ ކުރެވިފައިވާ ކަންކަން ކަމުން ދަރިވަރުންގެ އަތުން އެއްވެސް ފީއަކާއިނުލާ  ޓިވެކްގެ ކޯސްތައް ފޯރުކޮށްދޭނެއެވެ.

                     ވީމާ، ޒުވާނުންނަކީ މަސައްކަތްތެރި ބަޔަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މިފަދަ ފުރުޞަތުގެ ބޭނުން ޖެހިފައިވާ އެންމެހާ ފަރާތްތަކުން މިފުރުޞަތުގެ ބޭނުން ހިފުމަކީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަނުންނާއި މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ. 

                     އޯގަސްޓް 2022 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ގުޅުންހުރި ލިޔުމަކާއި.އެޕްލިކޭޝަން ފޯމް އޭދަފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ޓިވެކްގެ ވެބްސައިޓް www.tvec.mv އިން އޮންލައިންކޮށްވެސް ކޯސްތަކަށް އެޕްލައި ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6601409 ނުވަތަ 7434324 ގުޅުއްވުން އެދެމެވެ.                                                                                                                                                                                                                                                                                             

                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

                     01 ޛުލްޤައިދާ  1443ހ

                     31 މޭ      2022މ

                                                                                                                                                        

31 މޭ 2022