ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-ADHR/320/2022/62
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ ތިމާވެށިގެ ދުވަސް ފާހަގަ ކުރުމާއި ބެހޭ

 ކޮންމެ އަހަރެއްގެވެސް 5 ޖޫން ގައި ފާހަގަ ކުރާ ދުނިޔޭގެ ތިމާވެށި ދުވަސް މިއަހަރު ފާހަގަ ކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގެ ފަރާތުން ވަނީ އަންގަވާފައެވެ. މިއަހަރުގެ ދުނިޔޭގެ ތިމާވެށި ދުވަހުގެ ޝިއާރަކީ  "އޮންލީ ވަން އާރތް"އެވެ. އަދި މިއަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދާއި ދިމާކޮށް 4 ޖޫން ގައެވެ. މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ފައިމަގުގައި އުޅުމަށްޓަކައި  4 ޖޫން 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް އިންޖީނުލީ އުޅަނދު ފަހަރު ނުދުއްވޭނެ ގޮތް ހެދުމަށް މިނިސްޓްރީން ނިންމާފައިވުމާއެކު މަތީގައި ބަޔާންކޮށްފައިވާ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން 4 ޖޫން  ހޮނިހިރު ދުވަހުގެ އެވަގުތުގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާކަމެއްކަން އަންގާ އިޢުލާން ކުރީމެވެ.

 

                   01  ޛުލްޤައިދާ   1443ހ

                   31  މޭ       2022މ

31 މޭ 2022