ޢާންމު މަޢުލޫމާތު
ނަންބަރު: O11C-B/2022/04
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 09 ޖޫން 2022 00:00
ހައްުދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތަރުޖަމާނަކުހޯދުމާއިގުޅޭ

 މިކޯޓަށް ހުށަހެޅި ބަލަމުންދާ މައްސަލައަކާއި ގުޅިގެން ބަންގްލާދޭސް ބަސްކަމުގައިވާ ބަގްލާ ބަސްދަންނަ ތަރުޖަމާނެއް ހޯދުމަށް ކުރި މިކޯޓުގެ ނަންބަރ O11C-B/2022/03 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް އެދި ޝަޢުޤުވެރިކަން ފާޅުކޮށްފައި  ނުވާތީ އެ އިޢުލާނުބާތިލްކޮށް އަލުން އިޢުލާނުކުރަމެވެ.

  މިކޯޓަށް ހުށަހެޅި ބަލަމުންދާ މައްސަލައަކާއި ގުޅިގެން ބަންގްލާދޭސް ބަސްކަމުގައިވާ ބަގްލާ ބަސްދަންނަ ތަރުޖަމާނެއް  ބޭނުންވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޖޫން 2022. ދުވަހުގެ 14:00ގެ ކުރިން ކަމާއިގުޅޭ ލިޔެކިޔުންތަކާއި އައި.ޑީކާޑް ކޮޕީ އާއެކު، މި ކޯޓަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މިކޯޓުގެ އީމެލް [email protected] އަށް މެއިލް ކުރުމަށް  ދަންނަވަމެވެ. އަދި އެ ސިޓީގައި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 99 މާއްދާ ގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ. މިކަމަށް އެދޭފަރާތްތަކުން އިންޓަވިއުގައި ތަރުޖަމާކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދޭންވާނެއެވެ. ތަރުޖަމާނަކަށް ހޮވޭ ފަރާތައް މިކޯޓުގައި ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރާ ވަގުތުތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

01 ޖޫން 2022