މަސައްކަތް
ނަންބަރު: (IUL)332-MS/332/2022/47
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2022
ޕަބްލިޝްކުރި ގަޑި: 22:07
ސުންގަޑި:
08 ޖޫން 2022 13:30
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު – އައުޓްޑޯ ޖިމްގެ މަސައްކަތް (ދެވަނަ)
މިއިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)332-MS/332/2022/43އިޢުލާން ބާތިލްކޮށް ދެވަނަ (02) ފަހަރަށް އިޢުލާން ކުރަމެވެ.
- މިރަށުގައި ހަދާ އައުޓްޑޯ ޖިމްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 31 މޭ 2022 ން 08 ޖޫން 2022 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:30 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރީ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.
- ބީލަމުގައި ރަޖިސްޓްރީވާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށް، ވިޔަފާރި އޮބްޖެކްޓިވްސްގެ ގޮތުގައި މަސައްކަތާއި ގުޅުންހުރި ދާއިރާއެއް އޮތް ފަރާތަކަށްވާން ޖެހޭނެއެވެ.
- މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 31 މޭ 2022 ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 08 ޖޫން 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 11:30 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
31 މޭ 2022