އިޢުލާން
|
މަޤާމު:
|
އޮޑިޓަރ
|
މަޤާމުގެ ނަންބަރު:
|
J-350749
|
ބޭނުންވާ އަދަދު:
|
1 (ދޭއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް. އެސް. 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
|
މުސާރަ:
|
6,295.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2,000.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
- ޓެކްނިކަލް ކޯ އެލަވަންސް/ ސަޕޯޓިންގ ކޯ އެލަވަންސް 2:
- ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިންތައް ކަމުގައިވާ އެކައުންޓިންގ ނުވަތަ ފައިނޭންސް މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހުށަހަޅާފައިވާނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ލިބޭނެއެވެ.
- ސަޕޯޓިންގ ކޯ އެލަވަންސް 2: ޓެކްނިކަލް ކޯއަށް ޝަރުތު ހަމަނުވާނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00 ރުފިޔާ ލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ވަޒީފާއާބެހޭ އޮފިސަރުން ކުރިއަށް ގެންދާ ރޫޓިން އިންސްޕެކްޝަންތަކުގައި ބައިވެރިވެ މުވައްޒަފުންގެ އުޖޫރައާގުޅޭ ކަންކަން ބަލައި ޗެކްކުރުމުގައި އެހީތެރިވެދިނުން.
- ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް ވަޒީފާދޭ ފަރާތްތަކުން ސަރވިސްޗާޖު ނަގަމުންގެންދޭތޯ ބެލުމާއި، ސަރވިސް ޗާޖުގެ ފައިސާ މުވައްޒަފުންގެ މެދުގައި ބަހަމުން ގެންދަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކްކުރުން.
- ވަޒީފާދޭ ފަރާތްތަކުން، މުވައްޒަފުންގެ އިތުރުގަޑިއާއި އެހެނިހެން އިނާޔަތްތައް ހިސާބުކޮށް، ދެމުންގެންދަނީ ޤާނޫނާ އެއްގޮތަށްތޯބަލައި ޗެކްކުރުން.
- ސަރވިސްޗާޖުގެ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކުން، އެ މަޢުލޫމާތު ގަވާއިދާ އެއްގޮތަށް އޮތޯރިޓީއަށް ފޮނުވަމުން ގެންދޭތޯ ބަލައި، ނުފޮނުވާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ވަޒީފާދޭ ފަރާތްތަކުން އޮތޯރިޓީއަށް ފޮނުވާ ސަރވިސްޗާޖުގެ މަޢުލޫމާތު ޗެކްކުރުމާއި އެ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
- ޤާނޫނުގައިވާ ގޮތުގެ މަތިން ކަނޑައެޅޭ މިނިމަމް ވޭޖްގެ އުސޫލުތަކާ އެއްގޮތަށް ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް އުޖޫރަ ދެމުންގެންދޭތޯ ބަލައި ޗެކްކުރުން.
- މައްސަލަތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށާއި އިންސްޕެކްޝަންތައް ކުރުމަށާއި ވަޒީފާއާބެހޭ ޤާނޫނަށް އާންމުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ހިންގުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
- އޮތޯރިޓީއަށް ހުށަހެޅޭ ފައިސާއާގުޅޭ މައްސަލަތަކާ ގުޅިގެން ލިބޭ ލިޔުންތައް ޗެކްކުރުމުގައި އެހީތެރިވެދިނުން.
- ވަޒީފާއާބެހޭ އޮފިސަރުން ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި ބައިވެރިވެ ފައިސާއާގުޅޭ ކަންކަން ބަލައި ޗެކްކުރުމުގައި އެހީތެރިވެދިނުން.
- ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމުގެ ގޮތުން މިއޮތޯރިޓީން ތައްޔާރުކޮށްފައިވާ "ހަރަހެރި" ޕޯޓަލްގެ ތެރެއިން ޙަވާލުކުރެވޭ އަތޮޅުގެ ދަފްތަރާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މަޤާމުގެ ތައުލީމީ ރޮނގުތައް:
- އެކައުންޓިންގ
- ފައިނޭންސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
މަޤާމުގެ ކޯ ޑިސިޕްލިންތައް:
- އެކައުންޓިންގ
- ފައިނޭންސް
ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- އެކައުންޓިންގ
- ފައިނޭންސް
|
|
މަޤާމު:
|
އެސިސްޓެންޓް އޮޑިޓަރ
|
މަޤާމުގެ ނަންބަރު:
|
J-350757
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
|
މުސާރަ:
|
5,020.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1,500.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
- ސަޕޯޓިންގ ކޯ އެލަވަންސް 2: 700.00 ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ވަޒީފާއާބެހޭ އޮފިސަރުން ކުރިއަށް ގެންދާ ރޫޓިން އިންސްޕެކްޝަންތަކުގައި ބައިވެރި ފައިސާއާގުޅޭ ކަންކަން ބަލައި ޗެކްކުރުމުގައި އެޙީތެރިވެދިނުމާއި، އޮތޯރިޓީއަށް ހުށަހެޅޭ ފައިސާއާގުޅޭ މައްސަލަތަކާ ގުޅިގެން ލިބޭ ލިޔުންތަށް ޗެކްކުރުމުގައި އެހީތެރރިވެދިނުން.
- ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް ވަޒީފާދޭ ފަރާތްތަކުން ސަރވިސްޗާޖު ނަގަމުންގެންދޭތޯ ބެލުމާއި، ސަރވިސްޗާޖުގެ ފައިސާ މުވައްޒަފުންގެ މެދުގައި ބަހަމުން ގެންދަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކްކުރުމުގައި އެހީތެރިވެދިނުން.
- ސަރވިސްޗާޖުގެ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކުން، އެ މަޢުލޫމާތު ގަވާއިދާ އެއްގޮތަށް އޮތޯރިޓީއަށް ފޮނުވަމުން ގެންދޭތޯ ބަލައި، ނުފޮނުވާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިދާރީ މަސައްކަތްތައް ކުރުން.
- ވަޒީފާދޭ ފަރާތްތަކުން އޮތޯރިޓީއަށް ފޮނުވާ ސަރވިސްޗާޖުގެ މަޢުލޫމާތު ޗެކްކުރުމާއި އެ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- ވަޒީފާދޭ ފަރާތްތަކުން، މުވައްޒަފުންގެ އިތުރުގަޑިއާއި އެހެނިހެން އިނާޔަތްތައް ހިސާބުކޮށް، ދެމުންގެންދަނީ ޤާނޫނާ އެއްގޮތަށްތޯބަލައި ޗެކްކުރުމުގެ އެހީތެރިވެދިނުން.
- ޤާނޫނުގައިވާ ގޮތުގެ މަތިން ކަނޑައެޅޭ މިނިމަމް ވޭޖްގެ އުސޫލުތަކާ އެއްގޮތަށް ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް އުޖޫރަ ދެމުންގެންދޭތޯ ބަލައި ޗެކްކުރުމުގައި އެހީތެރިވެދިނުން.
- ސެކްޝަނުން ކުރާ އިންސްޕެކްޝަންތަކާއި، ބަލާ މައްސަލަތަކާ ގުޅޭ މަޢުލޫމާތު (ސްޓެޓިސްޓިކް ޑޭޓާބޭސް) ބެލެހެއްޓުމާއި، އެކަމާގުޅޭ ރިޕޯޓުތައް ތައް ތައްޔާރުކުރުން.
- މައްސަލަތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށާއި އިންސްޕެކްޝަންތައް ކުރުމަށާއި ވަޒީފާއާބެހޭ ޤާނޫނަށް އާންމުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ހިންގުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
- ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމުގެ ގޮތުން މިއޮތޯރިޓީން ތައްޔާރުކޮށްފައިވާ "ހަރަހެރި" ޕޯޓަލްގެ ތެރެއިން ޙަވާލުކުރެވޭ އަތޮޅުގެ ދަފްތަރާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މަޤާމުގެ ތައުލީމީ ރޮނގުތައް:
- އެކައުންޓިންގ
- ފައިނޭންސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
މަޤާމުގެ ކޯ ޑިސިޕްލިންތައް:
- އެކައުންޓިންގ
- ފައިނޭންސް
ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- އެކައުންޓިންގ
- ފައިނޭންސް
|
|
މަޤާމު:
|
ކޮމްޕިއުޓަރ ޓެކްނީޝަން
|
މަޤާމުގެ ނަންބަރު:
|
J-350715
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް. އެސް. 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
|
މުސާރަ:
|
5,610.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2,000.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
- ސަޕޯޓިންގ ކޯ އެލަވަންސް 2: 700.00 ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިސްކޮށް ހުންނަވާ މުވައްޒަފުގެ ބެލުމުގެދަށުން އޮތޯރިޓީގެ ސާވަރ އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އޮތޯރިޓީގެ ކޮމްޕިއުޓަރ ނެޓްވާރކް ގާއިމުކުރުމުގެ މަސައްކަތް ކުރުމާއި ނެޓްވާރކް މެއިންޓެނެންސްގެ މަސައްކަތް ކުރުން.
- އޮތޯރިޓީގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ހައްލު ނުކުރެވޭފަދަ މައްސަލައެއްނަމަ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން އެކަން އެނގޭ ބަޔަކު ހޯދާ ވެރިއެއްގެ އިރުޝާދުގެދަށުން މައްސަލަ ހައްލުކުރުން.
- ސެކްޝަންގެ ނުވަތަ ޔުނިޓްގެ ވެރިންގެ އިރުޝާދުގެދަށުން މުވައްޒަފުންނަށް ދޭންޖެހޭ ނެޓްވާރކް އެކްސެސްތައް ދިނުން.
- އިސްކޮށް ހުންނަވާ މުވައްޒަފުގެ ބެލުމުގެދަށުން އޮތޯރިޓީގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބެލެހެއްޓުން.
- ފޯންލައިންތަކަށް ދިމާވާ މައްސަލަތައް ޙިދުމަތްދޭ ފަރާތްތަކާ ގުޅައިގެން ޙައްލުކުރުމާއި ފޯނު ލައިންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- މުވައްޒަފުންގެ އޮފީސް އެކްސެސް ކާޑު ހައްދާ އެކްސެސްދިނުމާއި ވަކިވާ މުވައްޒަފުން އަދި މަޤާމު ބަދަލުވާ މުވައްޒަފުންގެ ކާޑުތަކުން އެކްސެސް ކެނޑުން.
- މުވައްޒަފުންގެ ވާރކް ސްޓޭޝަންތަކުގެ ސެޓަޕް ހެދުން.
- އޮތޯރިޓީގެ ސީސީޓީވީ ކެމެރާ ނެޓްވޯކް ދުވަހުން ދުވަހަށް މޮނިޓަރކޮށް ދިމާވާ މައްސަލަތައް ހައްލުކުރުން.
- އޮތޯރިޓީން ބޭނުންކުރާ ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ އެމައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- މަރާމާތު ކުރަންޖެހޭ އައިޓީ ސާމާނު މަރާމާތުކުރުމާއި ބޭނުންނުކުރެވޭ ތަކެތި ނީލަމަށް ފޮނުވުމަށްޓަކައި ކަމާބެހޭ މުވައްޒަފުންނާ ހަވާލުކުރުން.
- އައިޓީ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްތައް ކުރުމާއި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮއްފައިވުން.
މަޤާމުގެ ތައުލީމީ ރޮނގުތައް:
- ކޮމްޕިއުޓަރ ސައިންސް
މަޤާމުގެ ކޯ ޑިސިޕްލިންތައް:
- ކޮމްޕިއުޓަރ ސައިންސް
ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- އިންފޮމޭޝަން ޓެކްނޮލޮޖީ
|
|
މަޤާމު:
|
އެސިސްޓެންޓް އިންވެސްޓިގޭޝަންސް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-350837
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
|
މުސާރަ:
|
5,020.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1,500.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
- ސަޕޯޓިންގ ކޯ އެލަވަންސް 2: 700.00 ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ވަޒީފާ އަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބެލުން.
- ވަޒީފާއަދާކުރާއިރު ދިމާވާ މައްސަލަތަކާ ގުޅިގެން އިޞްލާޙު ކުރުމަށް އަންގާ ކަންތައްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިޞްލާޙު ނުކޮށްފިނަމަ، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އެފަރާތްތަކާމެދު ފިޔަވަޅު އެޅުން.
- މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރުމާއި، އިންސްޕެކްޝަންތަކާ ގުޅިގެން އިޞްލާޙު ކުރުމަށް އަންގަންޖެހޭ ކަންކަން ލިޔުމުން އެންގުމާއި، އިޞްލާޙު ކުރުމަށް އަންގާކަންކަން އިޞްލާޙު ނުކޮށްފިނަމަ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ވަޒީފާ އަދާކުރާ ތަނެއްގައި ހަޅުތާލެއް ކޮށްފިނަމަ ވެރިންގެ އިރުޝާދުގެ ދަށުން އެތަނަކަށް ގޮސް މައްސަލަ ހައްލުކުރުމަށް އެހީތެރިވެދިނުން.
- މައްސަލަތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށާއި އިންސްޕެކްޝަންތައް ކުރުމަށާއި ވަޒީފާއާބެހޭ ޤާނޫނަށް އާންމުން ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ހިންގުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
- އިންވެސްޓިގޭޝަނާ ގުޅޭ މަޢުލޫމާތު (އިންވެސްޓިގޭޝަން ސްޓެޓިސްޓިކްސް) ވެރިންގެ އިރުޝާދާ އެއްގޮތަށް ބެލެހެއްޓުން.
- ހުށަހެޅޭ މައްސަލަތަކާއި ކުރާ އިންސްޕެކްޝަންތަކާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމުގެ ގޮތުން މިއޮތޯރިޓީން ތައްޔާރުކޮށްފައިވާ "ހަރަހެރި" ޕޯޓަލްގެ ތެރެއިން ޙަވާލުކުރެވޭ އަތޮޅުގެ ދަފްތަރާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މަޤާމުގެ ތައުލީމީ ރޮނގުތައް:
- ލޯ
- ޝަރީޢާ އެންޑް ލޯ
- ހިއުމަން ރިސޯސް މެނޭޖްމަންޓް
- ބިޒްނަސް މެނޭޖްމަންޓް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
މަޤާމުގެ ކޯ ޑިސިޕްލިންތައް:
- ލޯ
- ޝަރީޢާ އެންޑް ލޯ
- ހިއުމަން ރިސޯސް މެނޭޖްމަންޓް
ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ލޯ
- ހިއުމަން ރިސޯސް
|
|
|
މަޤާމު:
|
އެސިސްޓެންޓް ލޭބަރ ރިލޭޝަންސް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-350743
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
|
މުސާރަ:
|
5,020.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1,500.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
- ސަޕޯޓިންގ ކޯ އެލަވަންސް 2: 700.00 ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އޮތޯރިޓީގެ ވެބްސައިޓް، ފޭސްބުކް ޕޭޖް، އިންސްޓަގްރާމް އަދި ޓްވިޓަރ އެކައުންޓް މެދުވެރިކޮށް އާންމުން ކުރާ ސުވާލުތަކާއި ދޭ ޖަވާބުތަކުގެ ރެކޯޑް ބެލެހެއްޓުން.
- ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ ގުޅިގެން ޤާނޫނީ އަދި ފަންނީ ލަފައަށް އެދޭ ފަރާތްތަކަށް ދެވޭ ޤާނޫނީ އަދި ފަންނީ ލަފާގެ ރެކޯޑް ބެލެހެއްޓުން.
- ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް ވަޒީފާދޭަ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް އަހުލުވެރިކުރުވުމަށް ހިންގާ ޓްރެއިނިންގ، ސެމިނަރ އަދި ވާރކްޝޮޕް ތަކުގެ އިދާރީ އެންމެހާ މަސައްކަތްތައް ކުރުން.
- ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަންޖެހޭ ދަތުރުތައް ރޭވުމުގައި އެހީތެރިވުމާއި އެދަތުރުތަކުގައި ބައިވެރިވުން.
- ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުން ބެލެހެއްޓުމަށް ލާޒިމްކުރާ ލިޔުންތަކުގެ ނަމޫނާ ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ އެއްގޮތަށް ތައްޔާރުކުރުމަށް އެހީތެރިވުން.
- މުވައްޒަފުންނާ ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކުން އެކުލަވާލާ އެއްބަސްވުންތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ގުޅޭގޮތުން އޮތޯރިޓީގެ ލަފައަށް އެދޭ ފަރާތްތަކަށް ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް ރިއާޔަތްކޮށް ދޭ ލަފާގެ ރެކޯޑް ބެލެހެއްޓުން.
- ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމުގެ ގޮތުން މިއޮތޯރިޓީން ތައްޔާރުކޮށްފައިވާ "ހަރަހެރި" ޕޯޓަލްގެ ތެރެއިން ޙަވާލުކުރެވޭ އަތޮޅުގެ ދަފްތަރާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މަޤާމުގެ ތައުލީމީ ރޮނގުތައް:
- ލޯ
- ޝަރީޢާ އެންޑް ލޯ
- ހިއުމަން ރިސޯސް މެނޭޖްމަންޓް
- ބިޒްނަސް މެނޭޖްމަންޓް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
މަޤާމުގެ ކޯ ޑިސިޕްލިންތައް:
- ލޯ
- ޝަރީޢާ އެންޑް ލޯ
- ހިއުމަން ރިސޯސް މެނޭޖްމަންޓް
ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ލޯ
- ހިއުމަން ރިސޯސް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (މިފޯމު މިއޮތޯރިޓީގެ ވެބްސައިޓުން (https://lra.gov.mv/dv/download/)، އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (http://www.csc.gov.mv/download/2538) އަދި މިއޮތޯރިޓީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ، ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ (ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް، ވަކިވަކިން ބަޔާންކޮށް) އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން، އަދާކޮށްފައިވާ ވަޒީފާ (ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް، ވަކިވަކިން ބަޔާންކޮށް) އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ (ވަޒީފާ އަދާކުރި މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް، ވަކިވަކިން ބަޔާންކޮށްފައިވާ) އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ (ވަޒީފާ އަދާކުރި މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ވަކިވަކިން ބަޔާންކޮށް) އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދައުލަތުގެ އުވާލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ (ވަޒީފާގެ މުއްދަތާއި އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ވަކިވަކިން ބަޔާންކޮށް) އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
|
- އަސާސީ ޝަރުޠު ހަމަވުން
- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
- އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)
- އިންޓަރވިއު
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 09 ޖޫން 2022 ގެ 13:30 ގެ ކުރިން، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށެވެ. ނުވަތަ އެ ލިޔުންތައް ފޮނުވާނީ، (އީ-މެއިލް: [email protected]) އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިމްތިޙާން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމުތަކަށް މީހުން ހޮވުމަށް ދެވޭ އިމްތިޙާން އޮންނާނީ 15 ނުވަތަ 16 ޖޫން 2022 ގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި ނުވަތަ އޮންލައިންކޮށެވެ. އިންޓަވިއު އޮންނާނީ 22 ޖޫން 2022 އާއި 23 ޖޫން 2022 އާ ދެމެދު، ލޭބަރ ރިލޭޝަންސް އޮތޯރިޓީ ގައެވެ. އިމްތިޙާން އަދި އިންޓަރވިއު ކުރިޔަށް ގެންދާނެގޮތް 48 ގަޑިއިރު ކުރިން އެންގޭނެއެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3339122/7208282) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|