ބީލަން
ނަންބަރު: (IUL)348-EM/348/2022/71
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 13 ޖޫން 2022 00:00
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ކޯޓް މަރާމާތު ކުރާނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 06 ޖޫން 2022 11:46 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

އދ އޮމަދޫ ވޮލީކޯޓް މަރާމާތުކުރުން

އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު:             

މިރަށު ވޮލީކޯޓް މަރާމާތު ކުރުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2022 ޖޫން 2 ވާ ބުރާސްފަތި ދުވަހުން ފެށިގެން

2022 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި   [email protected]އަށް

އީމެއިލް ކުރެއްވުން ނުވަތަ ނަންބަރު 6680542 ފޯނާ ރަސްމީ ގަޑީގައި ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ބޭނުންވާ

މަޢުލޫމާތެއް ސާފުކޮށް ނަންނޯޓްކުރެއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ

އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ނަން ނޯޓް ކުރައްވާ ފަރާތް ތަކުން އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ،

އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ

ގޮތަށް ލިޔެފައި ފޮނުވަންވާނެއެވެ.

ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

ބިޑް ހުށަހެޅުން

މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 2022 ޖޫން 13 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާއަށެވެ.

2022 ޖޫން 13 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެކަން އަންގަމެވެ.

 

 

ބިޑް ހުޅުވުން

މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2022 ޖޫން 13 ވާ ހޯމަ ދުވަހު ހެނދުނު 10:05 ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ކުރަންޖެހޭ މަސައްކަތްތައް:

  1. ވޮލީ ކޯޓުގައި ތަޅުންއެޅުން ( 4000 އަކަފޫޓުގެ ސަރަހައްދެއް)
  2. ތަޅުންގަނޑުގެ ބޯމިން ހުންނަންވާނީ 2 އިންޗިންނެވެ.
  3. ސިމެންތި ގަށަންޖެހޭނީ 1:5ގެ ރޭޝިއޯއިން ވެލިން އަދި ސިމެންތިބޭނުންކޮށްގެންނެވެ.
  4. ކޯޓުގެ ވަށައިގެންވާ ގާފޮޅުގައި ސިމެންތިޖެހުން (2/1 އިންޗި ބޯމިނުގައި ސިމެންތިޖެހުން، 260 ފޫޓު ދިގުމިން، 6 އިންޗި އުސްމިން)
  5. ތަޅުންއަޅާ ޕޯސްޓުގެ ބިންގަނޑު އެއްވަރުކުރުން.
  6. ވޮލީނެޓް ޕޯސްޓްޖެހުމަށް 2 ބުޑު އެޅުން ( ބުޑްގެ މިންތަކަކީ 2*2*2 ކުން)

ނޯޓް: މެއިލް މެދުވެރިކޮށް ހުށައަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 މޭ 2022