ދިވެހިރާއްޖެ
ހިތަދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް
މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާފަރާތްތަކަށް، ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްތަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
* ރަޖިސްޓރީ ކުރެއްވުމަށް: ކުންފުނި/ފަރާތުގެ ނަން، ގުޅޭނެފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރެވޭނެއެވެ. އަދި 6888626 އަށް ގުޅުއްވައިގެން ނުވަތަ ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 09 ޖޫން 2022 ވާ (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ނުވަތަ 6888626 އަށް ގުޅުއްވުން އެދެމެވެ.
* މި މަސައްކަތާބެހޭ ބީލަންފޮތް މި އިޢުލާނާއެކު ޝާއިޢުކުރެވިފައި ވާނެއެވެ.
* މި މަސައްކަތާއި ބެހޭ މަޢުލޫމާތު ބީލަންފޮތުގައި ހިމެނިފައި ވާނެއެވެ.
* އީމެއިލް: [email protected]
# |
ތަފްސީލް |
ތާރީޚް |
ގަޑި |
ތަން |
1 |
ރެޖިސްޓްރީ ކުރުން |
01 ޖޫން 2022 އިން ފެށިގެން 9 ޖޫން 2022 ގެ ނިޔަލަށް |
ހެނދުނު 08:00 އިން 14:00 އަށް |
ހިތަދު ސްކޫލް |
2 |
އަންދާސީހިސާބު ހުށަހެޅުން |
16 ޖޫން 2022 (ބުރާސްފަތި) |
ހެނދުނު 11:00 އަށް |
ހިތަދޫ ސްކޫލް |