ދިވެހިރާއްޖެ
ނެއްލައިދޫ، މަސްޖިދުލް ޚައިރާތުގެ ފެންޑާގައި އެލްމިނިއަމް ދޮރު ހަރުކުރުމާއި އަންހެނުން ނަމާދުކުރާބައި ވަކިކޮށް ޕާޓިޝަން ޖަހަންބޭނުންވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖޫން 01 ވާ ބުދަ ދުވަހުން ފެށިގެން 2022 ޖޫން 08 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން މެންދުރު 12:00 އަށް މި ކައުންސިލަށް ދުރުވެ ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. މިއިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރީވުމުން ލިބިލައްވާނެއެވެ. އަދި 2022 ޖޫން 09 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަނެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން، އޮންނާނީ 2022 ޖޫން 20 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި މި އިދާރާގައެވެ.
މި އިޢުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2022 ޖޫން 09 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.
30 ޝައްވާލް 1443
31 މޭ 2022