ދިވެހިރާއްޖެ
މެޝިނަރީ އާއި ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/1/2014/186) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ޅ.އަތޮޅު ތަޢުލީމީ މަރުކަޒަށް ތިރީގައި މިދަންނަވާ މެޝިނަރީ އާއި ފަރުނީޗަރުގެ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ 15 ސެޕްޓެންބަރު 2014 ވަނަ ދުވަހު އޮފީސް ހުޅުވާ ގަޑިއަށް ބަދަލު އައުމާ ގުޅިގެން މަޢުލޫމާތު ދެވިފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
210 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)
01 ޗާޕުމެޝިން
01 ސައުންޑް ސިސްޓަމް
05 ކޮމްޕިއުޓަރ ސިސްޓަމް
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
22 ސެޕްޓެންބަރު 2014 (ހޯމަ) ދުވަހުގެ 10:00 އަށް |
25 ސެޕްޓެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 10:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.
21 ޛުލްޤައިދާ 1435