ވަޒީފާގެ ފުރުޞަތު
ނަންބަރު: KFC/HR/2022/ 18
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 08 ޖޫން 2022 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފޯރމަން

ނަމްބަރ :  18/KFC/HR/2022

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ފޯރމަން

ބޭނުންވާ ޢަދަދު

 1( އެކެއް )

ވަޒީފާގެ ބާވަތް

 ވަގުތީ ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އައިސްޕްލާންޓް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

9389.00

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޑިޕާޓްމެންޓާ ހަވާލުވެހުންނަ މީހާގެ އިރުޝާދުގެ ދަށުން ތަނުގައި ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން. އަދި ލޭބަރުން ނާއި، ޑުރައިވަރުން ގަޑިއަށް ހާޟިރު ކުރުވުމާއި، މަސައްކަތް ކުރާގޮތް ބަލައި މޮނިޓަރކުރުން.
  • މަސައްކަތުގައި ބޭނުންވާ ސާމާނާއ، ތަކެތި ހަމަކޮށްދީ އެތަކެތި ރައްކާތެރި ކަމާއެކު ބެލެހެއްޓުން
  • މަސައްކަތްކުރާ ސަރަހައްދާއި، ފެކްޓްރީގެ އެތެރެ ސާފުކުރުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 08 ޖޫން 2022 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/7943030 ފޯނަށް ގުޅުއްވުން އެދެމެވެ.

31 މޭ 2022