ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2022/143
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2022
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 08 ޖޫން 2022 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު މާލެގަން އަވަށު ކާނު ސަރަޙައްދުން އުތުރަށް ބަނޑަހަލްފަންނުއާއި ދެމެދު ހޭޅިފަށާއިވީ ސަރަޙައްދުގައި ހުރި ރުއްތަކުގެ ތެރެއިން ތިރީގައި މި ދަންނަވާ ރުއްތަކުގެ މިލްކުވެރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • 01 ން 19 އަށް ނަންބަރު ޖަހާފައިވާ ދިވެހި ރުއްތައް

 

ވީމާ މި ރުއްތަކުގެ މިލްކުވެރިފަރާތެއް ވާނަމަ 2022 ޖޫން 08 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްގަސް ކަން އެނގޭނެ ލިއުމަކާއިއެކު ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރަތް) ހުށަހެޅުއްވުން އެދެމެވެ.   

31 މޭ 2022