ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)164-PRO/1/2022/58
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 08 ޖޫން 2022 10:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ބޭނުންވާ ލެޕްޓޮޕް،މެކްބުކް އަދި މޮނިޓަރ ގަތުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ބޭނުންވާ ލެޕްޓޮޕް،މެކްބުކް އަދި މޮނިޓަރ ގަތުމަށް 2022 އެޕްރީލް 24 ގައި ކުރެވުނު އިޢުލާން ނަމްބަރ (IUL)164-PRO/1/2022/44 އާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބު އަގު ބޮޑުކަމަށް ފާހަގަ ކުރެވިފައިވާތީވެ، އެ އިޢުލާން ބާތިލް ކޮށް އަލުން ބީލަން ހުށައެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ)  ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 08 ޖޫން 2022 ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަ  އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 08 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 10:10ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބިޑް ސެކިއުރިޓީ

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ ޢަދަދު ތިރީގައި އެވަނީއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 90 (ނުވަދިހަ) ދުވަހެވެ.

1. ލޮޓް 2 ގައިވާ ތަކެއްޗަށް އަގު ހުށަހަޅާނަމަ، ސަރުކާރުން ޤަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މިމަސައްކަތަކަށް ދޫކޮށްފައިވާ -/9,750 (ނުވަ ހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާގެ ބިޑް ސެކިއުރިޓީ ނުވަތަ ގެރެންޓީ ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އަދި އިސްވެދެންނެވުނު ސުންގަޑިހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިއިދާރާގެ ވެބްސައިޓް www.ncit.gov.mv ގައި 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ޝާޢިއުކުރެވޭނެއެވެ.

 

އީމެއިލް އެޑްރެސް:[email protected]

ނޯޓް: ސިޓީއުރައިގެ ބޭރުގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ބީލަމުގެ ނަން:

އިޢުލާނު ނަންބަރު: 

ބީލަން ހުށަހަޅާ ފަރާތުގެ ނަން:

 

31 މޭ 2022