ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)471-CDS3/1/2022/56
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2022
ޕަބްލިޝްކުރި ގަޑި: 20:36
ސުންގަޑި: 06 ޖޫން 2022 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް 01 ( އެކެއް) އަހަރަށް ބޭނުންވާ ސޭފްޓީ ޝޫޒް، ބޮއިލަރ ސޫޓް، ކޮންސްޓްރަކްޝަން ހެލްމެޓް އަދި ރޯޑްސޭފްޓީ ވެސްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ޢިޢުލާން ނަންބަރު (IUL)471-CDS3/1/2022/55 އާއި ހަވާލާދީ ދަންނަވަމެވެ. މި މިނިސްޓްރީއަށް 01 ( އެކެއް) އަހަރަށް ބޭނުންވާ  ސޭފްޓީ ޝޫޒް،  ބޮއިލަރ ސޫޓް، ކޮންސްޓްރަކްޝަން ހެލްމެޓް އަދި ރޯޑްސޭފްޓީ ވެސްޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ޢިޢުލާން ނަންބަރު (IUL)471-CDS3/1/2022/55 ޖެހިފައިވަނީ އިދާރީ ކުށެއްގެ ސަބަބުން ކަމުގައިވާތީ ، ބީލަން ހުށަހަޅުއްވާއިރު އިޢުލާން ނަންބަރު (IUL)471-CDS3/1/2022/56 އަށް ހަވާލާދީ ހުށަހެޅުމަށް ދަންނަވަމެވެ.

 

އިޢުލާނާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 05 ޖޫން 2022ވާ އާދިއްތަ ދުވަހުގެ ހެދުނު 10:00ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުންއެދެމެވެ.

 

ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

30 މޭ 2022