ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި މި އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (ICDS) ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑައިރެކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް، 6-8 ޖޫން 2022 އަށް އޮންލައިންކޮށް (ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް) ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމްގެ ނަން: |
ލޯކަލް އޮތޯރިޓީ ކޮމްޕެނީ ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް (ޖޫން) 2022 |
ތާރީޚް: |
8-6 ޖޫން 2022 | (ހެނދުނު 09:00 އިން 13:00 އަށް) |
ޓާރގެޓް އޯޑިއަންސް: |
ކައުންސެލަރުންނާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތައް |
ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް: |
2 ޖޫން 2022 |
ފީ: |
1,000ރ ( އެއް ހާސް ރުފިޔާ) |
ޖާގަ: |
30 |
މި ޕްރޮގްރާމްގައި ބައިވެރިވާން އެދިވަޑައިގަންނަވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމޮކް ޑިވެލޮޕްމަންޓުގެ ބިޒިނަސް ޕޯޓަލްގައި ހިމަނާފައިވާ އެޕްލިކޭޝަން ފޯމް https://bit.ly/3lWkIBq ފުރިހަމަކުރެއްވުމަށްފަހު، ޕޭމަންޓް ސްލިޕް އަދި އައީ.ޑީ.ކާޑް ގެ ކޮޕީ މި އޮތޯރިޓީގެ އީ-މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014140 ނުވަތަ 3014119 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
29 ޝައްވާލް 1443
30 މެއި 2022