ޢާންމު މަޢުލޫމާތު
ނަންބަރު: IAS/MIS/2022-1278
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 06 ޖޫން 2022 11:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
އިފުރު ޑޮމެސްޓިކް އެއަރޕޯރޓް ގައި ފިހާރައެއް ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންްވެއްޖެ

އިފުރު ޑޮމެސްޓިކް އެއަރޕޯރޓް ގައި ފިހާރައެއް ހިންގަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއިއެކު ހިމެނިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް ފުރުއްވުމަށްފަހު މި ކުންފުނީގެ އީމެއިލް [email protected] ، [email protected] ، އަދި [email protected] އަށް މެއިލް ކުރައްވައިގެން ޝައުގުވެރިކަން ފާޅު ކުރެއްވުން އެދެމެވެ. ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ.

އިސްވެ ދެންނެވުނު ސުންގަޑީގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން ޝައުގުވެރިކަން ފާޅު ނުކުރައްވާ ފަރާތްތަކަށް މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެދޭ ބޭފުޅުން، އިސްވެ ދެންނެވުނު އީމެއިލް އެޑްރެސްއަށް އީމެއިލް ފޮނުއްވައިގެން، ނުވަތަ މި ކުންފުނީގެ ނަންބަރު 3331230 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

*ކުންފުނީގެ މައުލޫމާތު ފޯމް އަދި ބިޑްއާއި ގުޅޭ އިތުރު މަައުލޫމާތު މި އިއުލާނުގައި ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

30 މޭ 2022