ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 1ވަނަ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާ މިއިދާރާއިން ކުރި ނަންބަރު: B-381/IUL/2022/17 (29 މާރޗް 2022) އިޢުލާނާއިގުޅިގެން މުބާރާތުގައި ބައިވެރިވި ޓީމްތައް މަދުވުމުން އެއިޢުލާން ބާޠިލްކޮށް އަލުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން 2022 ޖޫން 12 ވަނަ ދުވަހުގެ 14:00ގެ ކުރިން މުބާރާތުގައި ބައިވެރިވާންއެދޭ، ޓީމް ރަޖިސްޓްރޭޝަން ފޯމް ހުށައެޅުއްވުންއެދެމެވެ. ޓީމް ރަޖިސްޓްރޭޝަން ފޯމާއި މުބާރާތުގެ ޤަވާއިދު ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ގުރު އަތުލުމުގެ ކުރިން ޓީމް ލިސްޓަން ބަދަލުގެނައުމުގެ ފުރުޞަތު އޮންނާނެއެވެ. އަމިއްލަ ފަރާތްތަކުންނާ، އަމިއްލަ އަދި ސަރުކާރުގެ ކުންފުނިތަކާ، ސަރުކާރުގެ އޮފީސްތަކުންވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. މުބާރާތް ކުރިޔަށް ގެންދާނީ، އަންހެން ޑިވިޝަންއާއި، ފިރިހެން ޑިވިޝަން ވަކި 2 މުބާރާތެއްގެ ގޮތުގައެވެ. އެއްވެސް ޑިވިޝަނެއްގައި 4 ޓީމް ބައިވެރިނުވާނަމަ އެޑިވިޝަނެއްގެ މުބާރާތެއް ނުކުޅޭނެއެވެ. އެއްވެސް ޑިވިޜަނެއްގައި 4 ޓީމް ބައިވެރިނުވެގެން މުބާރާތް ނުކުޅެވޭނެމަ، ދެން އެޑިވިޜަނެއްގެ މުބާރާތް ކުރިޔަށް ގެންދާނީ، ވޮލީ ކުޅެންބޭނުންވާ ކުޅުންތެރިން ރަޖިސްޓްރީކޮށް ޓީމްތަކަށް ބަހާލައިގެންނެވެ.