ދިވެހިރާއްޖެ
އިޢުލާން
2022 ޖޫން 14-16 އަށް ކޮރޮސްރޯޑްސް މޯލްޑިވްސް އަދި ޕެރެޑައިސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި މިމިނިސްޓްރީއާއި ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫ.އެން.ޑަބްލިޔު.ޓީ.އޯ) އާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓުތަކުގެ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 02 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިމިނިސްޓްރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
ބީލަން ހުށަހެޅުން/ހުޅުވުން |
06 ޖޫން 2022 (ހޯމަ) |
11:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.
އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.