ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ. ގާފަރު، ނަންބަރު:331/331/2022/55(IUL)
ދިވެހިރާއްޖެ
އިޢުލާން
ގާފަރު ކައުންސިލް ވެޓްރަންސް ކަޕް 2022
މިއަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި "ގާފަރު ކައުންސިލް ވެޓްރަންސް ކަޕް 2022" ފްޓްސަލް މުބާރާތް 10 ޖުލައި 2022 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް -/10,000 ރުފިޔާ އަދި ރަނައަޕް ޓީމަށް -/5,000 ރުފިޔާ ގެ ފައިސާގެ އިނާމެއް ހުށަހެޅިފައި ވެއެވެ. މިމުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި -/1,500 ރުފިޔާ ނެގުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ޓީމް ރަޖިސްޓްރީ ކުރުމަށްއެދޭ ފޯމް ފުރުއްވުމަށްފަހު 2022 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގާފަރު ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.
ޓީމް ރަޖސްޓްރީ ކުރުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު ތިރީގައި މިދަންނަވާ ލިންކްންނާއި މިއިދާރާގެ ރިސެޕްޝަނުން ލިބިވަޑައި ގަންނަވާނެއެވެ.
https://drive.google.com/file/d/1nMkjQOWJP6lBqDSI9fRzuABIofi4rldO/view?usp=sharing