ދިވެހިރާއްޖެ
ނަންބަރ: GS-203/IUL/2022/10 |
އަންދާސީ ހިސާބު ބޭނުންވެއްޖެ
|
ތާރީޚް: 30 މެއި 2022 |
މަރާމާތު މަސައްކަތް:-
1- ހޯލް އިމާރާތުގައި ހުރި 02 ކްލާސްރޫމުގެ ސީލިންގ ރޫޅާލުމަށްފަހު ސީލިންގ ބަދަލުކުރުން.
2- ހޯލު އިމާރާތުގައި ހުރި 02 ކްލާސްރޫމުގައި މުށިޖެހުން. (މުށި ސްކޫލުން ހަވާލުކުރެވޭނެ)
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފާރާތްތަކުން ތިރީގައިމިވާ ތާރީޚްގައި މަޢުލޫމާތު ސާފުކޮށް. މަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫން ނަމްބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫން (ޤާނޫން ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، ބީލަން ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ނަންނޯޓުކުރެއްވުމަށް ރަސްމީ ގަޑީގައި 7983089 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިސްކޫލުގެ އީ-މެއިލް އެޑްރެސް އަށް [email protected] މެއިލް ކުރެއްވުން އެދެމެވެ.
ތާރީޚް |
ގަޑި |
ތަފުޞީލް |
02 ޖޫން 2022 |
10:00 ގެ ކުރިން |
ނަން ނޯޓް ކުރުން(ޝައުގުވެރިވާ ފަރާތްތައް) |
05 ޖޫން 2022 |
10:00 ގައި |
މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުން |
12 ޖޫން 2022 |
10:00 ގައި |
ބިޑު ހުށެހެޅުން/ ބިޑު ހުޅުވުން |
މިހެންވެ މިކަން ޢާންމުކޮށް އަންގާޢިޢުލާން ކުރީމެވެ.