ކުއްޔަށް ދިނުން
ނަންބަރު: 116-F3/IL/2022/151
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2022
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 20 ޖޫން 2022 14:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގައި

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 އެމް.އޭ.ސީ.އެލްގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގައި "އެކްސެކެޓިވް ލައުންޖު" ހިންގާނެ ފަރާތްތަކެއް ހޯދައި ލައިސަންދިނުމާއި ބެހޭ(6 ވަނަ ބުރު)

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހަދާފައިވާ މިކުންފުނީގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގައި، "އެކްސެކެޓިވް ލައުންޖު" ހިންގާނެ ފަރާތްތަކެއް ހޯދައި އެފަރާތްތަކަށް ހިންގުމުގެ ލައިސަންސް ދޭންބޭނުންވެއެވެ. އެގޮތުން، ލައުންޖު ގޮޅިތައް ކާމިޔާބުކުރާ ފަރާތްތަކުން މިކުންފުނިން ދީފައިވާ އިރުޝާދުތާކާއި އެއްގަޮތަށް ލައުންޖު ގޮޅި އަމިއްލައަށް ހަދައި ލައުންޖު ހިންގަންވާނެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޖޫން 20 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް ([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު/ސީޕްލާން/ޓުއޯރ އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންވާނެެއެވެ. އަދި ބިޑު ހުށަހާޅާއިރު ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި USD 10,000 (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ކުއްޔަށް ހިފަންބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެއެވެ.

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

29 މޭ 2022