ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޚިދުމަތް އިމާރާތް މަރާމާތު ކުރުމަށް ފުރަތަމަ ފަހަރަށް ކުރެވުނު ނަންބަރ (IUL)266-PR/266/2022/51 (11 އޭޕްރިލް 2022) އިޢުލާނަށް އެކަށީގެންވާ ބީލަމެއް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 09 ޖޫން 2022 (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކްގައިވާ ފޯމް ހުށަހެޅުން އެދެމެވެ.
ލިންކް: https://forms.office.com/r/rif5KLaMz6
ތަފްސީލް |
ތާރީޚް |
ގަޑި |
މައުލޫމާތު ދިނުން |
05 ޖޫން 2022 (އާދީއްތަ) |
13:30 |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
09 ޖޫން 2022 (ބުރާސްފަތި) |
13:30 |
އަންދާސީ ހިސާބު ހުށަހެޅުން |
12 ޖޫން 2022 (އާދީއްތަ) |
13:30 |
މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވަޑައި ނުގެންނެވި ކަމުގައިވިޔަސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެއެވެ.