ދިވެހިރާއްޖެ
މިކައުންސިލަށް 1.5 ޓަނުގެ 2 ޕިކަޕް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު:A-381/IUL/2020/40 (25 މޭ 2022)ގެ އިޢުލާނުގައި ބައެއްމަޢުލޫމާތު ތަށް ހިމެނިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މި ކައުންސިލްގެ ފަރާތުން މިރަށުގައި ކުރިޔަށްގެންދާ ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ 1.5 ޓަނުގެ ދެ ޕިކަޕް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށް 500/- (ފައްސަތޭކަ) ރުފިޔާގެ ނަން-ރީފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައި ގަތުމާއި ބީލަމުގައި ރަޖިސްޓްރީވުން ކުރިއަށްދާނީ 2022 މެއި 30 ވަނަ ދުވަހުން ފެށިގެން 2022 ޖޫން 08 ވަނަ ދުވަހުގެ ނިޔަލަށް، ބަނދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ދ. ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅުއްވާނީ، ނުވަތަ [email protected] އަށް މެއިލްކުރައްވާނީއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ވެ ރެޖިސްޓްރޭޝަން ފީ ދައްކާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު ކައުންސިލްގެ އިދާރާއިން އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
މި ބީލަމާއި ބެހޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޖޫން 09 ވާ ބުރާސްފަތި ދުވަހު 10:15 ގައި ދ.ކުޑަހުވަދޫ މަލްޓިޕަރޕަސް ބިލްޑިންގ ގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖޫން 06 ވަނަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުއްވައިގެން ނުވަތަ މި އިދާރާގެ ނަންބަރު 6760522 އަށް ގުޅުއްވައިގެން އޮޅުން ފިލުވުމަށް ދަންނަވަން.
ބީލަން ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ދ.ކުޑަހުވަދޫ ކައުންސިލަށް 1.5 ޓަނުގެ 2 ޕިކަޕް ހޯދުމަށް އެދި ހުށައަޅާ އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި، ފެކްސް މެދުވެރިކޮށް ހުށަހަޅާ ބީލަންތަކާއި، ގަޑިޖެހުމަށްފަހު ގެންނަ ބީލަންތަކާއި، އަދި މި އިދާރާއިން ބީލަން ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާފައިވާ ބީލަންތައް ބާޠިލުކުރެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.