ބީލަން
ނަންބަރު: (IUL)266-PR/266/2022/78
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 09 ޖޫން 2022 10:30
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީ ޓާރމިނަލް އިމާރާތުގައިވާ ރެސްޓޯރަންޓް 15 އަހަރަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

ކުޅުދުއްފުށީ ހާބަރ އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރެވިފައިވާ ފެރީ ޓާރމިނަލް އިމާރާތުގައިވާ ރެސްޓޯރަންޓް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރަތަމަ ފަހަރަށް ކުރެވުނު ނަންބަރ (IUL)266-PR/266/2022/61 (27‏ އޭޕްރިލް‏ 2022) އިޢުލާނަށް އެއްވެސް އަންދާސީ ހިސާބެއް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 08‏ ޖޫން‏ 2022‏ (ބުދަ‏) ދުވަހުގެ 10:30 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކްގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/Lgv928eY9u

ތަފްސީލް

ތާރީޚް

ގަޑި

މަޢުލޫމާތު ދިނުން

‏31‏ މެއި‏ 2022‏ (އަންގާރަ‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏08‏ ޖޫން‏ 2022‏ (ބުދަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ)

‏09‏ ޖޫން‏ 2022‏ (ބުރާސްފަތި‏)

10:30

މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވަޑައި ނުގެންނެވި ކަމުގައިވިޔަސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެއެވެ.

29 މޭ 2022