މަސައްކަތް
ނަންބަރު: (IUL)230-AHI/230/2022/27
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 08 ޖޫން 2022 13:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގޭ ޢިމާރާތުގެ ދޮރާއި ދޮރުފަތްތައް އެލްމެނިއަމަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

 

އަތޮޅުގޭ ޢިމާރާތުގެ ދޮރާއި ދޮރުފަތްތައް އެލްމެނިއަމަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

                  އަތޮޅުގެ ޢިމާރާތުގައި މިހާރު ހުރި ބައެއް ދޮރުތަކާއި ދޮރުފަތްތައް އެލްމެނިއަމަށް ބަދަލު ކުރުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާފަރާތްތަކުން 7908032 ނަންބަރަށް ގުޅުއްވުން އެދެމެވެ.

                  ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީވުމަށްފަހު، 08 ޖޫން  2022 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ  08  ޖޫން 2022 ވާ ބުދަ  ދުވަހުގެ 13:00 ގައި  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

29 މޭ 2022