މަސައްކަތް
ނަންބަރު: (IUL)30-PMU1/30/2022/183
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 06 ޖޫން 2022 11:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ރ.ދުވާފަރުގައި ފަރުމަސްވެރިކަމުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ސާމްޕްލަރުން ހޯދުމާއި ގުޅޭ

ފަރުމަސްވެރިކަމުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ސާމްޕްލަރުން ހޯދުމާއި ގުޅޭ

 ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ.

 މި ޕްރޮޖެކްޓުން ހިންގޭ ފަރުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ތިރީގައި ބަޔާން ކުރެވިފައިވާ  މަސައްކަތްތައް ރ.ދުވާފަރުގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތުގެ ތަފްސީލް:

  • ރަށުގެ ބަނދަރަށް ލަފާ ފަރުމަސް، ހިބަރު އަދި ކަނޑު މަސްވެރިކަމުގެ ދޯނި ފަހަރުން މަސައްކަތުގެ ތަފްސީލް ބަޔާންކޮށްފައިވާ ލިޔުމުގައި ވާ އުސޫލުން މަހަކު ޖުމްލަ 40 (ހަފްތާއަކު 10) ދަތުރާއި ގުޅޭ މަސްވެރިކަމުގެ މައުލޫމާތު އަދި ބާނާފައިވާ މަހުގެ ދިގުމިނާއި ބަރުދަން ނެގުން.
  • މަސްވެރިކަމާއިގުޅޭ އެހެނިހެން މަޢުލޫމާތު (އެއްބަސްވުމުގައި ތަފްސީލް ކުރެވޭނެ) ނެގުމުގައި އެހީތެރިވެދިނުން.

 ނޯޓު: މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމާއި، ފާނަ ކޮށި ނުވަތަ ކަލެކްޓަރ ވެސަލް އަށް އެރުމާއި މަސައްކަތް ކުރުމުގެ ހުއްދަ ހޯދުމަކީ މި މަސައްކަތާއި ހަވާލުވާ ފަރާތެއްގެ ޒިންމާއެކެވެ.  

 ބޭނުންވާ ޢަދަދު:             2

މުއްދަތު:                  މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 7  މަސް ދުވަސް.

މަސައްކަތުގެ އަގު:            މަސައްކަތްކުރާ ކޮންމެ މަހަކަށް 5400/- ރުފިޔާ 

މަސައްކަތް ކުރަންޖެހޭ ތަން:      ރ.ދުވާފަރު ބަނދަރު، ރަށު ފަޅުތެރޭގައި އަޅާފައިވާ ފާނަ ކޮށި ނުވަތަ ކަލެކްޓަރ ވެސެލް

 ޕޮއިންޓް ދިނުމުގެ އުސޫލު :

  • ތައުލީމީ ފެންވަރު:  80 ޕޮއިންޓް (ގްރޭޑް 10 ނިންމާފައިވާ ފަރާތެއް ނަމަ 80 ޕޮއިންޓް، ގްރޭޑް 7 ނިންމާފައިވާ ފަރާތެއް ނަމަ 52 ޕޮއިންޓް، ގްރޭޑް 7 އަކަށްވުރެ ދަށުގެ ސަނަދެއް ނަމަ 40 ޕޮއިންޓް)
  • ތަޖުރިބާ : 20 ޕޮއިންޓް (މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން އެހީތެރިވެދީފައިވާ، ނުވަތަ މިފަދަ ކަންކަމުގެ ތަމްރީން/ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުންތަކަށް ބަލާފައި، 1 އަހަރާއި 5 އަހަރާއި ދެމެދުގެ ތަޖުރިބާއަށް 20 ޕޮއިންޓް އަދި 1 އަހަރުން ދަށުގެ ތަޖުރިބާ އަށް 10 ޕޮއިންޓް)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ސްކޫލް ލީވިންގ ސެޓްފިކެޓް، ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ތަޖުރިބާ އިނގޭނޭ ލިޔުން

 މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އީމެއިލް އިން ނަމަ، [email protected] އަށް އީމެއިލް ކޮށްދިނުން އެދެމެވެ.

 މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް

ހ.ވައިޓްވޭސް

މޫންލައިޓް ހިނގުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3322328 އަދި 3028717 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

29 މޭ 2022