ކުއްޔަށް ހިފުން
ނަންބަރު: (IUL)401-E/401/2022/160
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2022
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 15 ޖޫން 2022 13:30
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ނެގުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ޕިކަޕެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

25 މެއި 2022

ނަންބަރު:

(IUL)401-E/401/2022/160

24 ޝައްވާލް 1443

އިޢުލާނުގެ ވަނަ:

2

ކުނި ނެގުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ޕިކަޕެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން

 

މިކައުންސިލުން ފޯރުކޮށްދެމުން ގެންދާ ކުނި ނެގުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ޕިކަޕެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (IUL)401-E/401/2022/160 (06 އޭޕްރީލް 2022) އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލްކޮށްފީމެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، 02 އަހަރު ދުވަހުގެ މުއްދަތަށް، ދުވަހުކުއްޔަށް ޕިކަޕެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕިކަޕް ކުއްޔަށް ނަގާނީ ކައުންސިލްގެ ޕިކަޕް މައްސަލަޖެހި ހަލާކުވާ ޙާލަތުގައާއި، މަސައްކަތަށް އިތުރު ޕިކަޕެއް ބޭނުންވާ ދުވަސްތަކުގައެވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • §     މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބީލަން ފޮތް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ބީލަން ފޮތުގެ އަގަކީ -/150ރ އެވެ.
  • §     ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕްކޮޅާއެކު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.

-      ބީލަމުގައި ރަޖިސްޓަރީ ވުމަށް: https://bit.ly/3wITB2F

  • ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ  05 ޖޫން 2022 (އާދީއްތަ) ދުވަހުގެ 14:00 އާއި ހަމައަށެވެ. 

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • §     މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • މި ބީލަމާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު [email protected]އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • §     ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖޫން 2022 (ބުދަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • §     ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 15 ޖޫން 2022 (ބުދަ) ދުވަހުގެ 13:30  ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

 

 

25 މޭ 2022