މަސައްކަތް
ނަންބަރު: (IUL)SH-FAH-RM/2022/13
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 07 ޖޫން 2022 13:30
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. އަތޮޅުގެ ސިއްޙީމަރުކަޒުތަކުގެ އީގަވަމެންޓް ނެޓްވޯކް ކޭބަލް ގުޅުން - 2

އިޢުލާން

 

ށ. އަތޮޅު ރަށްރަށުގެ ސިއްޙީ މަރުކަޒުތަކަށް އެޅިފައިވާ އީގަވަމެންޓް ނެޓްވޯކް ކޭބަލްތައް މަރުކަޒު ތަކާއި ގުޅުމަށް ބޭނުންވެގެން ކުރި މިހޮސްޕިޓަލުގެ ނަންބަރ: (IUL)SH-FAH-RM/2021/48 (19 އޮކްޓޯބަރ 2021) އިޢުލާނަށް އަންދާސީ ހިސާބު ހުށައެޅީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

 

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 މެއި 2022 ވާ އާދިއްތަ ދުވަހުން ފެށިގެން  07 ޖޫން 2022 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށް ފަހު   [email protected] އަށް އީމެއިލް ކުރުމަށް ދަންނަވަމެވެ.  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ށ. އަތޮޅު ހޮސްޕިޓަލްގައެވެ.

 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 07 ޖޫން 2022 ވާ އަންގާރަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7936455 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

 28 ޝައްވާލް 1443

29 މޭ 2022