ދެންނެވުން
ނަންބަރު: (IUL)409/409/2022/50
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2022
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 23 ޖޫން 2022 14:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުތެރެޔަށް އަޑިޔަށްދާ ދޯންޏެއްގެ ވެރިފަރާތް ހޯދުމާއި ގުޅޭ

މިރަށު ފަޅުތެރޭ ހުޅަނގު އުތުރު ކަނުގައި ވަރަށް ގިނަދުވަސް ވަންދެން އޮވެ ފީވެ އަޑިޔަށްދާ ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއްޖެއެވެ. މިދޯނީގެ ވެރިފަރާތެއްވާނަމަ މިކައުންސިލަށް މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެކަން އަންގަވާ، ފަޅުތެރެއިން އެދޯނި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނެގުމަށް ދަންނަވަމެވެ.

 

މިދޯނި މިތަނުގައި އޮވެ ފީވެހަލާކުވަމުން ދިއުމުގެ ސަބަބުން ފަޅުތެރޭގެ ރީތިކަން ގެއްލި، އަދި އެއްކޮށް އަޑިޔަށް ގޮސްފިނަމަ ފަޅުތެރެ ބޭނުންކުރާ އުޅަނދުތަކަށް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެކަމަށް މިކައުންސިލަށް ލަފާކުރެވެއެވެ.

 

ވީމާ، މިދޯނީގެ އެއްވެސް ވެރިފަރާތެއް ވާނަމަ މަތީގައި ދެންނެވުނު ވަގުތުގެ ކުރިން މިކައުންސިލަށް އެކަން އަންގައި، ދޯނި އެތަނުން ނަގައި ބޭރުކުރުމަށް އަންގަމެވެ. މިމުއްދަތުގައި ދޯނި ނުނަގައިފިނަމަ، ދޯނީގެ ވެރިފަރާތެއް ނެތްކަމަށް ކަނޑައަޅައި، ބަޔަކަށް މީގެއިން ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް މިކައުންސިލުން މިދޯނި މިތަނުން ނަގައި ނައްތާލުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ވާހަކަ ދަންނަވަމެވެ. މި އިޢުލާނާއި އެކު މިދޯނީގެ ފޮޓޯ އެޓޭޗް ކުރެވިފައިވާނެއެވެ.

23 މޭ 2022