ވަޒީފާގެ ފުރުޞަތު
ނަންބަރު: 53(IUL)414-A/2014/
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 28 ސެޕްޓެންބަރު 2014 15:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

 

ވަޒީފާގެ ފުރުސަތު

މަޤާމު:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

252301

ރޭންކް:

އެމް އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

އެހެނިހެން އެލަވަންސް:

ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ އެލަވަންސާއި، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް ހަމަޖެހިފައިވާ ގަވާއިދުގެމަތިން ދެވޭނެއެވެ.

ތައުލީމާއި ތަޖުރިބާ:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކައުންސިލުން ކުރާ އެންމެހައި ޚަރަދުތައް ބެލެހެއްޓުމާއި، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުން.
  • ކައުންސިލުގެ އިދާރާއަށް އެކިއެކި ބޭނުމަށް ހޯދަންޖެހޭ ތަކެތި ވީ އެއްމެ އަވަސް މުއްދަތެއްގައި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދައި ސްޓޮކާއި ހަވާލުކުރުން.
  • ކައުންސިލުގެ އިދާރާގެ ބެލުމުގެ ދަށުގައިވާ އެންމެހައި އިމާރާތްތަކާއި ތަކެތީގެ މަރާމާތުގެ ކަންތައްތައް ބެލެހެއްޓުން.
  • އެކިގޮތްގޮތުން އޮފީހަށް ލިބޭ ފައިސާގެ އެންމެހައި ކަންތައްތައް ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން ބެލެހެއްޓުން.
  • އޮފީހުގެ ބެލުމުގެ ދަށުގައިވާ އެކައުންޓުތަކުގެ ހިސާބުތައް ބެލެހެއްޓުން.
  • އޮފީހުގެ ތިޖޫރި ބެލެހެއްޓުން.
  • މުވައްޒަފުންގެ މުސާރައާބެހޭ އެންމެހައި ކަންތައްތައް ކުރުން.
  • ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވަޒަފަކު ކުރަމުންގެންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި އެ މަސައްކަތްތައް ކުރުން.
  •  ކައުންސިލްގެ އިދާރާގެ ހުރިހާ ޔުނިޓުތަކާއި ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކައުންސިލަރުންނާ ގުޅިގެން އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކޮށް،  މަސައްކަތްކުރެވޭ މާހައުލަކީ ހިތްހަމަޖެހިގެން މަސައްކަތްކުރެވޭ މާހައުލަކަށް ހެދުމަށް މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތައުލީމާއި ތަމްރީން.
  2. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއު ބޭއްވުމށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

 އިންޓަވިއު އޮންނާނީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގައެވެ.  އިންޓަވިއު އޮންނާނެ ދުވަހާއި، ގަޑިއާބެހޭ މަޢުލޫމާތު، މަސައްކަތު 5 ދުވަހުގެ ކުރިން ލިޔުމުން އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު       2014 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ 15:00ގެ ކުރިން ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ލިބެން ހުންނާނެއެވެ.
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑެޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ގއ. ކަނޑުހުޅުދޫ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.
  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތާއި މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 6820020 ފޯނާ ގުޅުން އެދެމެވެ.

މި މަޤާމަށް އިންޓަރވިއުކުރެވޭނީ މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.

                     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                      23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014