ޢާންމު މަޢުލޫމާތު
ނަންބަރު: 2022/38 /A-145
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2022
ޕަބްލިޝްކުރި ގަޑި: 16:07
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކްރިމިނަލް ކޯޓުގެ ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތައް (ބެކްލޮގް) ކްލިއަރ ކުރުމާއި ގުޅޭ
އިޢުލާން
ކްރިމިނަލް ކޯޓުގައި ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތައް(ބެކްލޮގް) ނިންމުމަށްޓަކައި މިހާރު ކޯޓުގައި މައްސަލަތައް ތާވަލް ކުރަމުންގެންދާ ވަގުތުގެ އިތުރުން، މެންދުރުފަހު 14:00 އިން 17:00 އަށް މައްސަލަ ތާވަލްކުރުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
އަދި މިމައްސަލަތައް ނިންމުމަށްޓަކައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 1 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ.
ކޯޓުގެ މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ނަމަ، 3332633 މިނަންބަރަށް ގުޅުއްވުމަށް ނުވަތަ ކޯޓުގެ ރަސްމީ އީ.މެއިލް އެޑްރެސް:[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
27 ޝައްވާލް 1443
28 މޭ 2022
28 މޭ 2022