މަސައްކަތް
ނަންބަރު: KACL/iulaan/2014/006
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި:
24 ސެޕްޓެންބަރު 2014 14:00
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގަތު ފާލަން (ކީވޯލް) މަރާމާތުކޮށްދެއްވުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ކައްދޫ އެއަރޕޯޓު ބަނދަރުގެ މަގަތު ފާލަން (ކީވޯލް) މަރާމާތުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތަށް ބީލަން ހުށަހެޅުއްވުމަށް އެދި މިކުންފުނިން ޝާއިޢުކުރި ނަންބަރު: KACL/iulaan/2014/005ފ(21 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި މަސައްކަތަށް ބީލަން ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 24 ވާ ބުދަދުވަހުގެ 14:00 އަށް ކައްދޫ އެއަރޕޯޓު އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 އޮކްޓޫބަރު 8 ވާ ބުދަދުވަހުގެ 14:00 އަށް ލ. ކައްދޫ އެއަރޕޯޓު އޮފީހަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
- މި މަސައްކަތަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި "ކައްދޫ އެއަރޕޯޓުގެ މަގަތު ފާލަން މަރާމާތު ކުރުން" މިގޮތަށް ޖައްސަވާފައެވެ. ބީލަމުގެ ސުންގަޑި ހަމަވުމުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.
21 ޛުލްޤަޢިދާ 1435
16 ސެޕްޓެންބަރު 2014