ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)286-CB/286/2022/50
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2022
ޕަބްލިޝްކުރި ގަޑި: 22:40
ސުންގަޑި: 06 ޖޫން 2022 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކޯޑިނޭޓަރެއް ހޯދުމަށް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު (2010/07) ގެ ދަށުން ރަށުކައުންސިލަށް ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުން މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން ހިންގާ ކުޅިވަރު ސިޔާސަތުތައް ރާވާ ތަންފީޛުކުރުމަށްޓަކައި 1 އަހަރު ދުވަހުގެ މުއްދަތަށް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކޯޑިނޭޓަރެއް ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކޯޑިނޭޓަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

8000.00 ރުފިޔާ (މަހަކު)

އިތުރު އެލަވަންސް

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ ގިންތި:

ވަޤުތީ

ވަޒީފާގެ ބާވަތް:

ވަޤުތީ (ކޮންޓްރެކްޓް އުސޫލުން)، 1 އަހަރު ދުވަހަށް
ނޯޓް: މިއިޢުލާނުގެ ދަށުން މަޤާމަށް ހޮވޭ ފަރާތެއްގެ ކޮންޓްރެކްޓް ހަމަވުމުން މުއްދަތު އިތުރުކުރުމަށް ފެންނަކަމުގައިވާނަމަ އިތުރު 1 އަހަރު ދުވަހަށް ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރަވިދާނެއެވެ.

މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑީގެ އަދަދު:

ކުޅިވަރާއި ރެކްރިއޭޝަންގެ ދާއިރާއިން ކައުންސިލުން ހިންގާ ހަރަކާތްތަކާއި ބާއްވާ އިވެންޓްތައް ކުރިއަށްދާ ވަޤުތުތައް ނުވަތަ ކައުންސިލުން އަންގާ ޝެޑިއުލަކާ އެއްގޮތަށް އެގަޑިތަކެއްގައި، ރަސްމީ ދުވަސްތަކުގައި ދުވާލަކު މަދުވެގެން 6 ގަޑިއިރު

ފެންވަރު ނުވަތަ ޝަރުތު:

(ހ) ފުޓްބޯލް އެސޯސިއޭޝަން އޮފް ދި މޯލްޑިވްސްގެ ކޯޗާރސް ލެވެލްގެ ތެރެއިން ދަށްވެގެން C  ލައިސެންސް އޮތް ފަރާތެއްކަމުގައިވުން

(ށ)  މުބާރާތްތައް ހިންގުމާއި، ކުޅިވަރު އިވެންޓްތައް ރާވާ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން

(ނ) ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން

(ރ) ގިނަވަޤުތު މަސައްކަތުގައި އުޅެވޭނެ، ޞިއްޙަތު ރަނގަޅު، ބުރަމަސައްކަތްތައް ކުރެވޭނެ ފަރާތެއް ކަމުގައިވުން

(ބ) ރޭގަނޑުގެ ވަޤުތާއި، ބަންދުދުވަސްތަކުގައި މަސައްކަތްކުރަން ޖެހިއްޖެ ހާލަތެއްގައި އެދަފަ ދުވަސްތަކެއްގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން

(ޅ) ހިންގުމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، މިދެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

މަޤާމުގެ މަސްޢޫލިއްޔަތު:

(ހ) ކެނދިކުޅުދޫ ފުޓްބޯލް ކުލަބަށް ޓްރެއިނިންގ ސެޝަންތައް ނަގައިދިނުމާއި ތަމްރީނުކޮށްދިނުމާއި ބައިވެރިވާ މުބާރާތްތަކުގައި ޓީމްގެ ހެޑްކޯޗްކަން ކުރުން

(ށ) ކުޅިވަރާއި ރެކްރިއޭޝަންގެ ދާއިރާއިން ކައުންސިލް ތަމްސީލުކޮށްދިނުން

(ނ) ކެނދިކުޅުދޫ ކައުންސިލާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ގުޅިގެން ކުރިއަށް ގެންދާ ފުޓުބޯޅަ އެކަޑަމީ ހިންގުން

(ރ) ކައުންސިލުން އެކަށައަޅާ ސްޕޯޓްސް ކަލަންޑަރާއި އެއްގޮތަށް ކުޅިވަރުގެ އިވެންޓްތައް އިންތިޒާމްކޮށް ކުރިއަށް ގެންގޮސްދިނުން

(ބ) ކައުންސިލުން ކުރިއަށްގެންދާ ކުޅިވަރުގެ މުބާރާތްތައް އިންތިޒާމްކޮށް ރާވާ ހިންގުން

(ޅ) ޒުވާނުންގެ ކުރިއެރުމަށް ކައުންސިލްގެ ސިޔާސަތާއި އެއްގޮތަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން

(ކ) މިނޫންވެސް ކައުންސިލުން ރާވާ އިންތިޒާމްކުރާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކިއެކި މަސައްކަތްތަކާއި އިވެންޓުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން

މަސައްކަތް ކުރަންޖެހޭތަން:

ކެނދިކުޅުދޫ ކައުންސިލް ނުވަތަ ކައުންސިލުން ދައްކާ ތަނަކު

މަސައްކަތުގެ މާހައުލު:

(ހ) މަސައްކަތް ކުރަންޖެހޭ މާހައުލަކީ ރާއްޖޭގެ އާންމު މާހައުލު

(ށ) މަސައްކަތުގެ ގިނަ ވަޤުތަކީ ދުވާލުގެ ވަޤުތުތައް ކަމުގައިވުމުން ގިނަ ވަޤުތު އަވީގައި ނުވަތަ އޮފީހުން ބޭރުގައި މަސައްކަތް ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއް

(ނ) މަސައްކަތަކުގެ މާހައުލަކީ ޢާންމުންނާއި ކުޑަކުދިން އަދި އެނޫންވެސް މީހުން ގިނަ ތަންތަން ކަމުގައި ވާނެތީ، ރިވެތި ބަހުން މުޢާމަލާތްކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އަދަބު އިޙްތިރާމް އަދާކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހޭނެ.

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފޯމް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ).

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ)

4.  ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ).

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު ) (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާޔަށް އެއްމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް

އިންޓަރވިޔު އޮންނާނެ ތަނާއި މުއްދަތު:

މި އިޢްލާނާއިގުޅިގެން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތައް އިންޓަރވިޔުކުރުން އޮންނާނީ  07 ޖޫން 2022 ން 10 ޖޫން 2022 އާއި ދެމެދު ދުވަހެއްގައެވެ. އިންޓަރވިޔު އޮންނާނެ ދުވަހާއި ގަޑި އެފަރާތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ޖޫން 2022 ވަނަދުވަހުގެ 13:00 ގެ ކުރިން ކެނދިކުޅުދޫ ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދި ފުރަންޖެހޭ ފޯމް ކެނދިކުޅުދޫ ކައުންސިލް އިދާރާއިން ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. އޮންލައިންކޮށް ހުށައަޅާނަމަ މަޤާމަށް އެދި ހުށައަޅާ އެޕްލިކޭޝަން މިއިދާރާގެ މެއިލް [email protected] އަށް މެއިލްކުރެވިދާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ 6560013 ނަމްބަރ ފޯނާއިއެވެ.

 

27  މައި        2022

27 މޭ 2022