ޢާންމު މަޢުލޫމާތު
ނަންބަރު: -
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2022
ޕަބްލިޝްކުރި ގަޑި: 23:46
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫސް ބަޔާން

ނޫސް ބަޔާން

ސަރުކާރުން އޭދަފުށީގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ދަނޑު ތަރައްޤީ ކުރުމަށް ބިމެއް ކަނޑައަޅުއްވައި ދެއްވުން އެދި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އޭދަފުށީ ކައުންސިލަށް ވަނީ ސިޓީ އަކުން ހުށަހަޅުއްވާފައެވެ. އަދި މި ބިން ކައުންސިލްގެ ފަރާތުން ހަމަޖައްސާނުދީ ދަނޑުއެޅުމަށް ކައުންސިލްގެ ފަރާތުން ހުރަސްއަޅާފައިވާކަމަށް ބައެއް ފަރާތްތަކުން ދެކެވޭ ވާހަކަ މިކައުންސިލްގެ ފަރާތުން ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. އަދި މިކަމަކީ ރައްޔިތުންގެ ތެރޭގައި މަސްލަހަތު ނަގާލުމަށާއި ކައުންސިލްގެ އަގު ވައްޓާލުމުގެ ގޮތުން ބަޔަކު ހިންގަމުންގެންދާ ވަރަށް ބޮޑު ޖަރީމާއެކެވެ.  ދަނޑު އެޅުމަށް ބޭނުންވާ ބިމުގެ މައްސަލާގައި އޭދަފުށީ ކައުންސިލްގެ ފަރާތުން  ސަރުކާރުގައި ދަންނަވާފައިވާނީ  ދަނޑު ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިން މިހާރު ހަދަމުންގެންދާ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަ ކުރެވިފައިވާކަމަށާއި، ލޭންޑް ޔޫސް ޕްލޭން ނިމި ފާސްވުމުން ދަނޑު ހެދުމަށް ކަނޑައެޅިފައިވާ ބިމުގެ ޗާޓް ފޮނުވައިދޭނެކަމަށެވެ. މިކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީން ކަމަކީ އޭދަފުށީގެ ތަރައްޤީއަށް ސަރުކާރުން އަދި އަމިއްލަ ފަރާތަކުން ނަމަވެސް ކުރަން ބޭނުންވާ ކިތަންމެ ކުޑަމަސައްކަތަކަށް ވިއަސް  މިކައުންސިލުން މަރުހަބާ ކިޔާނެކަމެވެ. އެހެންކަމުން ރައްޔިތުންނާއި، ގުޅުންހުރި މިފަދަ މައްސަލަތަކުގައި، ރައްޔިތުންގެ މެދުގައި އޮޅުން އަރާގޮތަށް ވާހަކަ ނުދެއްކުމަށް ހުރިހާ ފަރާތްތަކަށް ނަޞޭހަތްތެރިވަމެވެ.

                26  މޭ  2022މ

26 މޭ 2022